އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ދުނިޔޭގައި ހޭދަކުރަން ލިބޭ މުއްދަތު ވަރަށް ތަފާތެވެ. އެއްބައެއްގެ ޢުމުރު ވަރަށް ކުރެވެ. އަނެއބައެއްގެ ޢުމުރު ތަންކޮޅެއް ދިގެވެ. އަނެއް ބައެއްގެ ޢުމުރު ވަރަށް ދިގުކަމަށް ބުނެވިދާނެއެވެ.
ޢުމުރު ތަންކޮޅެއްވެސް ދިގުވެލައިފިނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ އުފާކޮށް މަޖާކުރަން ލިބޭ ފުރުޞަތެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޢުމުރު ދިގުވުމަކީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ދެއްވަވާ ވަރަށް ބޮޑު ފުރުޞަތެކެވެ.
ޒުވާން ޢުމުރު ހޭދަކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ވީމާ ޒުވާން ޢުމުރުގައިވެސް ހެޔޮ ޢަމަލުކޮށް ރަނގަޅަށް އުޅެންޖެހެއެވެ. ނަމަވެސް އެކަން ނުވިސްނި ޒުވާން ޢުމުރު ފާފަކުރުމުގައި ބޭކާރުކޮށްލެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! އެއީ އެދުވަސްތައް އަނބުރައި ނުގެނެވޭނެތީއެވެ. އަދި އެކަމުގެ މާނައަކީ ގޮތްހުސްވެ މާޔޫސްވާންޖެހުމެއްވެސް ނޫނެވެ.
އަވަހަށް ތައުބާވާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރާށެވެ! އަސްތަޣްފާރުކުރާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހަކަށް ހެޔޮލަފާ ނިމުމެއް ދެއްވަވާނެތެވެ. އެއިރުން އެއޮތީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިފައެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
19 ޖޫން 2025