އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މަތީ އަރުތަވެރީންގެ އިނާމު 2024" މި މަހު 21 އަދި 22 ގައި!

"މަތީ އަރުތަވެރީންގެ އިނާމު 2024" މި މަހު 21 އަދި 22 ގައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު، 21 އަދި 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެއެވެ.

ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެއެވެ.

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު