އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރިހަމަ މުސްލިމުން ޙަޔާތުގެ ބައިވެރިޔާއަށްވެސް ތެދުވެރިވާނެ! މަކަރުހަދައިގެން ކުރެވޭނީ ފާފަތައްކަމަށް ޤަބޫލުކުރާނެ!

ފުރިހަމަ މުސްލިމުން ޙަޔާތުގެ ބައިވެރިޔާއަށްވެސް ތެދުވެރިވާނެ! މަކަރުހަދައިގެން ކުރެވޭނީ ފާފަތައްކަމަށް ޤަބޫލުކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

"ތެދުވެރިވުން" މިބަހުގެ މާނަ ގިނަބައަކު ނަގަނީ ވަރަށް ލުއިލުއި ގޮތަކަށެވެ. މާބޮޑަށް ތިލަކޮށެވެ. ތެދުވެރިވުމަކީ ހަމައެކަނި އަމާނާތަށް ޚިޔާނާތްތެރިނުވުން ކަމަށް ދެކޭ ބައަކުވެސް އުޅެއެވެ. ނަމަވެސް އެވަރަކުން ނުފުދެއެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް ތެދުވެރިވާންޖެހެއެވެ. އަދާކުރާ ވަޒީފާގައިވެސް ތެދުވެރިވާންޖެހެއެވެ. ވިޔަފާރީގައިވެސް ތެދުވެރިވާންޖެހެއެވެ.  

އެންމެ ބޮޑަށް ތެދުވެރިވާންވީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ތެދުވެރިވުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ. އެކަމެއް ކުރުމަށް އަމުރުފުޅުކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމާއި ނުކުރުމަށް އަމުރުކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވާންޖެހޭ ބައެކެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އަދި ބުނާ ކޮންމެ ބަހެއްގައިވެސް ތެދުވެރިވާންޖެހޭ ބައެކެވެ.  

އެއަށްފަހު އެންމެ ބޮޑަށް ތެދުވެރިވާންވީ ޙަޔާތުގެ ބައިވެރިޔާއަށެވެ. އެހެނީ ތިމާގެ ހުރިހާކަމެއް ގުޅިފައިވަނީ ދިރިއުޅުމާއިކަމަށްވާތީއެވެ. އުފާވެރިކަމާއި ހަމަޖެހުން ލިބުން އޮތީ ބައިވެރިޔާއަށް ތެދުވެރިވި ިންވަރެއްގެ މައްޗަށް ކަމުގައިވާތީއެވެ. ދިރިއުޅުން އުފާވެރިކަމާއިއެކު ކުރިއެރުވޭނީ އެއިރުން ކަމަށްވާތީއެވެ. ވީމާ ތެދުވެރިވާންވީ ވަކި މީހަކު ނޫނެވެ. ދެމީހުންނެވެ.  

ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިނުވާނަމަ އެދިރިއުޅުމުގައި ރަހްމަތާއި ބަރަކާތް ލެއްވެވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތާއި ބަރަކާތަށް އެދޭނަމަ އެކަކު އަނެކަކަށް ތެދުވެރިވާށެވެ. ވަފާތެރިންކަމުގައިވާށެވެ! އެފަދަ މީހަކަށްނުވެ ތިމާއަކީ ފުރިހަމަ މުސްލިމެއް ކަމުގައި ބުނެވޭނީވެސް ކިހިނަކުންހެއްޔެވެ؟  

ތެދުވެރިވުމަކީ ﷲ ތައާލާގެ އަމުރުފުޅެކެވެ. އިސްލާމްދިނުގެ އެންމެ މުހިންމު އަސާސެވެ! އެ އަސާސްގައި ހިފަހައްޓައިގެން މެނުވީ ޙަޤީޤީ ކާމިޔާބީއެއް ޙާޞިލެއް ނުކުރެވޭނެއެވެ! ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ބޭވަފާތެރިވާނަމަ އޭނާގެ ދީންވެރިކަމުން ބޮޑުބައެއް އެވަނީ އުނިވެފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު