އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
އިސްލާމް ދީނަކީ އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ގޮތަށް އެންމެންނަށް ރަޙުމްކޮށް ހެޔޮކޮށް ހިތުމުގެ ދީނެވެ. އަނެކާއަކީ ކާފިރެއް ކަމުގައިވީނަމަވެސްމެއެވެ. އެހެންކަމަށްވާއިރު ތިމާގެ ބެލުމުގެދަށުގައި ހުރި ހަމަ އެންމެ މީހަކަށް ނަމަވެސް އަނިޔާކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
ކޮންމެ މީހަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ މަޚްލޫޤެކެވެ. ﷲ ތަޢާލާ އުފައްދަވާފައިވާ އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތަކެވެ. އެއީ ކަނޑައެޅިގެން ނަހީކުރައްވަވާފައިވާ ކަމެކެވެ. ނަމަވެސް މިއަދު އެކަންކަމަށް އެބަ ސަމާލުކަންދެވޭހެއްޔެވެ؟ މިޙަދީޘްފުޅަށް ވިސްނައިލަބަލާށެވެ!
އަބޫ މަސްއޫދު އެކަލޭގެފާނުގެ އަޅަކަށް އަނިޔާކުރައްވަވަނިކޮށް ރަސޫލް ﷺ އަށް ފެނިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އޭ އަބޫ މަސްއޫދުއެވެ. ތިއަޅުގެ މައްޗަށް ތިބާއަށް ލިބިގެންވާ ބާރަށްވުރެ ތިބާގެ މައްޗަށް ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ބާރު މާވަރުގަދައެވެ."
ޙަދީޘްފުޅުގެ އަޑުފުޅު އިވިވަޑައިގަތުމާއިއެކު އަބޫ މަސްއޫދު ﷲ ތަޢާލާއަށްޓަކައި އޭނާ މިނިވަންކުރެއްވެވިއެވެ. ކުރެއްވެވުނު ޢަމަލަކީ ކީއްވެގެން ކުރެއްވެވުނު ޢަމަލެއްކަން ބަޔާންކުރައްވަން މަސައްކަތްޕުޅެއް ނުކުރައްވަވައެވެ. ވަގުތުން މިނިވްނަކުރެއްވެވީއެވެ.
އެހިނދު ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވިބަސްފުޅުގެ މާނައިގައިވެއެވެ. "އޭނާ މިނިވަން ނުކުރެއްވެވިނަމަ ނަރަކައިގެ އަލިފާނުގައި އަނދަން ޖެހިވަޑައގަތީހެވެ."
މީސްތަކުންނޭވެ! އަނބިދަރިންނަށްވިޔަސް އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމުގެކުރިން މި ޙަދީޘްފުޅަށް ބިރުވެތިވާށެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމަށްފަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ!
Abu Mas’ud reported: I was beating a servant-boy of mine when I heard a voice from behind me,
“Know, O Abu Mas’ud, that Allah has more power over you than you have over him.” I turned around and it was the Messenger of Allah, peace and blessings be upon him. I said, “O Messenger of Allah, I have freed him for the sake of Allah.” The Prophet said, “If you had not done so, you would have been burnt in the Hellfire.”
Source: Ṣaḥīḥ Muslim 1659
Grade: Sahih (authentic) according to Muslim
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
Advertisement
21 ޖޫން 2025