އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުންނަށް އެތައް ގުނައަކަށް ޤިޔާމަތް ދުވަހު ޢުޤޫބާތް ބޮޑުކުރައްވަވާނެ 3 ފާފަ!: ޑރ. ނޫމާން ޢަލީޚާން

މުސްލިމުންނަށް އެތައް ގުނައަކަށް ޤިޔާމަތް ދުވަހު ޢުޤޫބާތް ބޮޑުކުރައްވަވާނެ 3 ފާފަ!: ޑރ. ނޫމާން ޢަލީޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ﷲ ތަޢާލާގެ ޢަޛާބަކީ ދަގަފަދަ ޢަޛާބެކެވެ. އެޢަޛާބް އަދި އެއަސްވުރެވެސް ގަދަފަދަ ކުރައްވަވައިފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައިލާށެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ

"އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވަވާގުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ." (އަލްފުރްޤާން: 69)

މުސްލިމަކު އެ 3 ފާފަކޮށްފިނަމަ ޢުޤޫބާތް ޤިޔާމަތްދުވަހު ބޮޑުކުރައްވަވާނެ 3 ފާފައެއް ވެއެވެ. އެއީ ޝިރުކުރުމާއި މީހުންމެރުމާއި ޒިނޭކުރުމެވެ.

އިސްލާމީ މުޖުތަމައުތަކަށް ބަލައިފިނަމަ މީހުން މަރަނީ މަދުބައެކެވެ. ޝަރީކުކުރަނީ ވަރަށް ވަރަށް މަދު މީހެކެވެ. ނަމަވެސް ޒިނޭކުރާ ީމހުން މަދުކަމަށް ބުނެވޭކަށް މިހާރަކު ނެތެވެ! އަދި ޒިނޭކުރުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

މީސްތަކުންނޭވެ! ނަރަކައިގެ ޢަޛާބަކީ ގަދަފަދަ ޢަޛާބެކެވެ. އެގަދަފަދަ ޢަޛާބު އެމީހަކަށް އެތައް ގުނައަކަށް އިތުރުކުރައްވަވައިފިނަމަ ދެން ޖެހޭނެ ޙާލު ނިކަން ހިތަށްގެނެސްބަލާށެވެ!

މުސްލިމުންނަށް ދެއްވަވާ ޢުޤޫބާތް ބޮޑުކުރައްވަވަނީ އެއީ ކިހައި ބޮޑެތި ފާފަތައްކަން އެނގިތިބެ އެފާފަތައް ކުރާތީއެވެ. ވީމާ ﷲ ތައާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ. މިއިން ފާފައެއް ނުވަތަ 3 ފާފަ އެކުގައިކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! ތިބާ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފެށުމުން ދެން ކަންކަން ބަދަލުވެގެންދާނެގޮތާއިމެދު ވިސްނާށެވެ.

ތިބާއަށް ފަރުބަދަތަކެއްހައި ގިނަ ފާފަތައް ކުރެވިފައިވީނަމަވެސް ޤިޔާމަތް ދުވަހު އެ ފަރުބަދަތައް ފެންނާނީ ފާފަތަކެއްގެ ގޮތަކު ނޫނެވެ. ހެޔޮ ޢަމަލުތަކުގެ ގޮތުގައެވެ. އެފާފަތައް ހެޔޮ ޢަމަލުތަކަށް ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--ޑރ. ނޫމާން ޢަލޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް