އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިކަމެއް ނުވަތަ ބަލިޙާލެއް ކުރިމަތިވިޔަސް ކަންބޮޑުނުވެ ހުރެވެން އެބައޮތް! އޮތީ މިގޮތަށް ޢަމަލުކުރުން!: މުފްތީ މެންކް

ހިތްދަތިކަމެއް ނުވަތަ ބަލިޙާލެއް ކުރިމަތިވިޔަސް ކަންބޮޑުނުވެ ހުރެވެން އެބައޮތް! އޮތީ މިގޮތަށް ޢަމަލުކުރުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ރަނގަޅަށް ބަލާށެވެ! ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް ކޮންމެވެސް ކަމެއް ކުރިމަތިވެގެން ކޮންމެވެސް މިންވަރެއްގެ ކަންބޮޑުވުމެއްގައި އުޅެންޖެހިފައިވާ މީހަކަށް ނޫނީ ނުވާނެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ކަންކަން ހިނގަމުންދާ އުޞޫލެވެ.

ވީމާ ކޮންމެ މީހަކީވެސް ކޮންމެވެސް މައްސަލައެއްގައި އުޅޭ މީހެކެވެ. ހިތާމައާއި ހިތްދަތިކަމުގައި އުޅޭ މީހެކެވެ. ކޮންމެވެސް ބޮޑު ބައްޔެއްގައި އުޅެންޖެހިފައިވާ މީހަކަށްވެސްވެދާނެއެވެ. ސުވާލަކީ ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ ބޮޑުވަރަކަށް އެކަމެއްގެ ތެރޭގައި މަރުވާނީ ނޫންހެއްޔެވެ؟ މަރުވެދާނެތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤީ އުފާވެރިކަން ލިބުންވަނީ ސުވަރުގެއިންނެވެ. ވީމާ ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ މަރުވެގެން ނޫންހެއްޔެވެ؟

މީސްތަކުންނޭވެ! މިވާގޮތަކީ ތިބާ ސުވަރުގެދާން ބޭނުންވޭތޯ ސުވާލުކޮށްފިނަމަ ވަރަށް އަވަހަށް އާނއެކެވެ. ބުނާނެއެވެ. ނަމަވެސް މަރުވާން ބޭނުންވޭތޯ ސުވާލުކޮށްފިނަމަ އާގަނެގަނެފަ ބުނާނީ މަރުވާން ބޭނުންނުވާކަމަށެވެ. ނިކަންބުނެބަލާށެވެ! މަރުނުވެ ސުވަރުގެ ވަދެވޭނީ ކިހިނަކުންހެއްޔެވެ؟

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ ތިމަން ﷲ ގެއާޅާ، ތިމަން ﷲ ގެ ޙަޟްރަތަށް އައިގޮތަކަށް އެއަޅަކަށް ކަންކަން ހިންމަވައިދެއްވަވާނެ ކަމަށެވެ. ވީމާ އަހަރެމެން ކަންބޮޑުވާންވީ ކުރިމަތިވާ މައްސަލަތަކާއި ގުޅިގެނެއް ނޫނެވެ. އަހަރެމެން ކުރަން އޮތް ކަމަކީ ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި އެކަލާނގެ ޙަޟްރަތަށް ދިއުމަށް ކުރަންޖެހޭ މަސައްކަތެވެ. އެއިރުން ދެން އޮތްބައި ﷲ ތަޢާލާ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް ވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް