އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވުމުން އދ އިން މަރުޙަބާ ކިޔައިފި

ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވުމުން އދ އިން މަރުޙަބާ ކިޔައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވުމުން އދ. އިން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.

އދ. އިން ފާހަގަކުރާ ޕަބްލިކް ސަރވިސް ދުވަހާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކާ ގުޅިގެން އދ. އިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ހިތްވަރާއެކު ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތް ފާހަގަކޮށް، އެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކުރެއްވުމަށް މަރުޙަބާ ކިޔާ ކަމަށެވެ.

މި މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި "ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް" ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އދ. ގެ ޕަބްލިކް ސަރވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ ޚިދުމަތްތައް ފާހަގަކޮށް އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު