އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ބޭނުންވާ ތަކެއްޗާ ތައްޔާރުކުރާނެ ގޮތް:
ކުޑަވރެއްގެ ކަރައެއް ކޮށައިލާށެވެ!
އެއިގެ ތެރެއަށް ކިޔުކަންބާއެއްގެ އެއްބުރި ކޮށައިލާށެވެ!
އެއިގެ ތެރެއަށް ހެޔޮވަރު ދެލުނބޯގެ ހުތް ފެލައިލާށެވެ!
އެއިގެ ތެރެއަށް ބިއްލޫރި ތަށްޓެއްގެ ފެންއަޅާށެވެ!
ދެން މިކްސަރަކުން އެއްކޮށްލާށެވެ!
ތަޖުރިބާއިން އެނގޭ ގޮތުގައި މި ޖޫސް ބޭނުންކުރުމަކީ ކިޑްނީގައި އުފެދޭ ހިލަ ވައްޓާލައި ކިޑްނީ ސާފުކޮށްދޭ ކަމެކެވެ. ލޭ ހިނގުމަށް ފަސޭހަވެ އިސްތަށިތަކަށް ދުޅަހެޔޮކަން ލިބޭ ކަމެކެވެ. ބޮޑުކަމުދާންވެސް ފަސޭހަކޮށްދެއެވެ.
މިއީ އަޅުގަނޑުގެ ކިޑްނީގައި ކުޑަކުޑަ ހިލައެއް އިންކަން އެނގިގެން ކަންބޮޑުވެ ބޭސްކުރަމުންދިއައިރު އެކުވެރިއަކު ފޮނުވި ރިސިޕީއެކެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިޖޫސް ބޭނުންކުރުމުގެ ފައިދާ އަޅުގަނޑަށް ކުރިކަމަށެވެ.
އެއިރު އަޅުގަނޑު ބޭނުންކުރީ ކޮންމެ ދުވަހަކު 3 ހަފްތާ ވަންދެންނެވެ. އެއިގެ ފަހުން ހަފްތާއަކު 2 ދުވަހު އެބަ ބޭނުންކުރަމެވެ. ޖޫސްވީ އަޅުގަނޑަށް މީރުވެސް ބުއިމަކަށެވެ!
- ސުނީތާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
24 ޖޫން 2025