އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު
ބައެއް މިސްކިތްތަކުގައި ބަންގި ގޮވަން 3 މިނިޓަށްވުރެވެސް ގިނައިރު ނަގައެވެ. އެހެންވެ އޮންނަނީ ސުންނަތްކުރާނެ ވަޤުތު ނުލިބިފައެވެ. އަވަސްއަރުވާލައިގެން ކޮށްލަންޖެހިފައެވެ. އެހެންވެ ފާއިތުވި ސަރުކާރުތަކުގައިވެސް ގިނަ ބައަކު އައީ ސުންނަތްކޮށްލާނެ ވަޤުތު ތަންކޮޅެއް އިތުރުކޮށްލައި ދިނުން އެދި ޢާދޭސްކުރަމުންނެވެ.
ނަމަވެސް ކުރީގެ ސަރުކާރުން ޢިޖާބަދެމުން އައީ މިސްކިތްތައް ހުންނާތީ ޢާއި މިސްކިތްތަކުން ބަންގިގޮވާތީވެސް އުނދަގޫވާ މީހުން ކުރާ ޝަކުވާތަކަށެވެ. ޢިޖާބަ ދެމުން އައީ ވަޤުތު ވީހާ ކުރުކުރަން ބޭނުންވި މީހުން ބޭނުންވާ ގޮތަށެވެ.
ސުންނަތް ނަމާދުކުރަން ވަޤުތު އިތުރުކޮށްދިނުމަށް އެދެމުން އައި މީހުން އެދެމުން އައީ އިސްލާމީ މަރުކަޒުގައިވެސް ދޭވަރަށް ވަޤުތުކޮޅެއް ދިނުމަށެވެ. އިސްލާމީ ަމރުކަޒުގައިވެސް ކުރަނީ ނަމާދުކަމަށްވެފައި އެހެން މިސްކިތްތަކުގައިވެސް ކުރަނީ ނަމާދުކަމަށްވާތީއެވެ.
ކޮންމެއަކަސް މިސަރުކާރުން މިއަދުވަނީ ސުންނަތް ނަމާދުކުރާނެ ވަޤުތު ކުރިއަސްވުރެ އިތުރުކޮށްދީފައެވެ. މާތް ﷲ އެކަމަށް ހެޔޮޖަޒާ ދެއްވާށި!
މިގޮތަށް ވަޤުތު ހަމަޖައްސައިދިނުމުން ނަމާދުގެ ވަޤުތުތައް ބަދަލުކޮށްފި ކަމަށްބުނެ އޮޅުވާލައިގެން މިސްކިތްތަކުގައި ވާހަކަ ދައްކާ ބައަކު ތިބިކަމީ ހިތާމަހުރި ކަމެވެ. އެމީހުން މިސްކިތަށް އަރާ ސަބަބާއިމެދު ސުވާލުއުފެދެއެވެ.
އިތުރު ތަފްޞީލް ތިރީގައިވާ އިސްލާމިކް މިނިސްޓްރީގެ ޚަބަރުގަ:
ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށް ނިންމައިފި
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
މި ނިންމުން މިހާރު ވަނީ ކައުންސިލްތަކަށް އަންގާފައެވެ. މިގޮތަށް ކަނޑައަޅާފައި މިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެންނެވެ.
Advertisement
25 ޖޫން 2025