އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ޢުމުރު ޤުރްބާންކޮށްގެން ކުޑަދުވަސްކޮޅަކު އުޅެވޭނެ ގެއެއް އަޅާމީހާ ސުވަރުގެއިން ގަނޑުވަރެއް ނުހޯދައި މަރުވީމާ އެއީ ސުވަރުގެ ވަންނަން ބޭނުންވި މީހަކަށް ވާނެތަ؟: މުފްތީ މެންކް

މުޅި ޢުމުރު ޤުރްބާންކޮށްގެން ކުޑަދުވަސްކޮޅަކު އުޅެވޭނެ ގެއެއް އަޅާމީހާ ސުވަރުގެއިން ގަނޑުވަރެއް ނުހޯދައި މަރުވީމާ އެއީ ސުވަރުގެ ވަންނަން ބޭނުންވި މީހަކަށް ވާނެތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ދުނިޔޭގެ ޙަޔާތަށް ބަލައިފިނަމަ ދިރިއުޅޭނެ ގެއެއް މިއެޅެނީ ޢުމުރުގެ ދެބައިކޮޅައެއްބައަށްވުރެ ގިނަ ދުވަހު ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ބައެއް ހޭދަކޮށްގެންނެވެ. ޒުވާން ޢުމުރުގައި ފްލެޓެއް ގަތް ނަމަވެސް އަގު އަދާކޮށް ނިމެނީ ޢުމުރުން 50 އަހަރަށްވުރެ މައްޗަށްދާފަހުންނެވެ. ހަމަ މިބުނިހައި ގިނަ ފައިސާ ހޭދަކޮށްގެންނެވެ.  

ދެން އޮތީ އެގޭގައި އުޅެވޭ މުއްދަތެވެ. ހިތާމައާއިއެކު ބުނަންއޮތީ އެހައި ބުރަ އުފުލައި ކުރި މަސައްކަތުން އެހައި ބޮޑު ޚަރަދެއްކޮށްގެން ހޯދާ ގޭގައި ދިރިއުޅެން ލިބެނީ 20 ވަރަކަށް އަހަރު ކަމަށެވެ. ނަޞީބު ގަދަ މީހަކަށް 30 އަހަރުވަރު އުޅެވިދާނެއެވެ. އެހިސާބުން އެގޭގެ ބޭނުން ކެނޑުނީއެވެ. އެނބުރި ދުވަހަކުވެސް އެގެއަކަށް ނުވަދެވޭނެއެވެ.  

އެހެންކަމަށްވާއިއރު ދާއިމަށް ތިމާއަށް ދިރިއުޅެވޭނެ ތަން، އެތަނަކުން ދުވަހަކުވެސް ނުކުންނަން ނުޖެހޭނެތަން ކަމުގައިވާ ސުވަރުގޭގައި ތިމާއަށް ގަނޑުވަރެއް އަޅަން ކުރަންޖެހޭ މަސައްކަތްކުރުން އިތުރުކުރަން ނުޖެހޭ ހެއްޔެވެ؟ ސުވަރުގެއިން ދެއްވަވާނީ ކިރިޔާ ދިރިއުޅެލެވޭވަރުގެ ކުދިކުދި އެޕާޓްމަންޓްތަކެއް ނޫނެވެ. އެމީހެއްގެ ހިތް ފުރި އިތުރުވެ ބަންޑުންވެގެންދާ ފަދަ ފުރިހަމަ ގަނޑުވަރުތަކެވެ. ރަނާއި ރިހީގެ ފާރުތަކުން ބިނާކުރެވިފައިވާ ގަނޑުވަރުތަކެވެ. އަދި އެންމެ މަތީ ދަރަޖަ ދެއްވަވާ އަޅުންނަށް ދެއްވަވާ ގަނޑުވަރުތަކުގެ ފުރިހަމަކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.  

އަދި ކީއްހެއްޔެވެ؟ އެންމެ އާދައިގެ ފެންވަރުގައި ދެއްވަވާ ގަނޑުވަރުތައްވެސް މުޅި ދުނިޔޭގައިވާ ހުރިހާ ގަނޑުވަރުތަކަށްވުރެ އެތައް ގުނައަކަށް ފުރިހަމަވެގެންދާނެއެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ ދުނިޔޭގައި ދިރިއުޅޭނެ ބޯހިޔާވަހިކަން ނުހޯދާކަށް ނޫނެވެ. އާދޭސްކޮށް އިލްތިމާސް މިކުރަނީ ސުވަރުގެއިން ގަނޑުވަރެއް ހޯދަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަމަށް ކުރާ މަސައްކަތް އިތުރުކުރުމަށެވެ. އެންމެ ކުޑަމިނުން ކޮންމެ ދުވަހަކުވެސް ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރުމަށެވެ.  

ސުވަރުގެ ވެއްދެވުން އެދިގެން ކުރަން އޮތް މަސައްކަތަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ މަގުން ދުނިޔޭގައި އުޅުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް