އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ނިކަމެތި ނުކުރެއްވެވުން އެދިވަޑައިގެން އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ- ކޮންމެ މީހަކުވެސް ކުރަންޖެހޭ ދުޢާއެއް!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ނިކަމެތި ނުކުރެއްވެވުން އެދިވަޑައިގެން އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ- ކޮންމެ މީހަކުވެސް ކުރަންޖެހޭ ދުޢާއެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

ހުރިހާ ރަސޫލްބޭކަލުންވެސް ވަރަށް ފުރިހަމަ ދުޢާތަކެއް ކުރައްވަވައިފައެވެ. އެދުޢާތައް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ އެދުޢާތައް ފުރިހަމަކަމުންނެވެ. އަހުރެމެން އެންމެންވެސް ހަމަ އެފަދައިން ދުޢާކުރުމަށެވެ.  

﴿87﴾ وَلَا تُخْزِنِي يَوْمَ يُبْعَثُونَ 

އަދި އެއުރެން (އެބަހީ: މީސްތަކުން) މަޙްޝަރަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! 

މިއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. ދުނިޔޭގައި ކިތަންމެ ބޮޑު ނިކަމެތި ޙާލެއްގައި އުޅެންޖެހުނަސް ކެތްތެރިވެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހަކު ނިކަމެތިކުރައްވަވައިފިނަމަ އެމީހަކަށް ކެތެއް ނުކުރެވޭނެއެވެ. އަދި ކެތް ނުކުރެވިގެން ކުރެވޭނެ ކަމެއްވެސް ނުއޮންނާނެއެވެ.  

ޤަދަރު އުފުލެން މަސައްކަތްކުރަންވީ ދުނިޔެއަކު ނޫނެވެ. ދުނިޔޭގެ އެންމެންގެ ކުރިމަތީގައި އެމީހަކީ ޤަދަރު އުފުލިގެންވާ މީހަކުކަމުގައިވީނަމަވެސް ޤިޔާމަތް ދުވަހު އެމީހާއަކީ ﷲ ތަޢާލާ ނިކަމެތިކުރައްވަވާނެ އަޅަކު ކަމުގައި ވެއްޖެނަމަ ނަމަ އެމީހަކަށް ޖެހޭނެ ޙާލު ހިތަށް ގެންނާށެވެ!  

ޖެހިގެން އޮތް ދެ އާޔަތަށްވެސް ބަލައިލަމާ ހިނގާށެވެ!  

﴿88﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ

އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. 

މިއާޔަތުން ދަލީލު ލިބިގެންމިދަނީ ކުރިން ދެއްކި ވާހަކައަށެވެ. ޤިޔާމަތް ދުވަހު މަންފާއެއް ކުރާނީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންފިނަމަ އެކަންޏެވެ. ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރުކަމަށްވެވުނު ނަމަވެސް އަދި ކިތަންމެ ބޮޑު އާރަކާއި ބާރެއް ދުނިޔޭގައި ލިބިފައި އޮތަސް އެކަމަކުން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ.   

﴿89﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ. 

މިއާޔަތުގައި މިވަނީ ސަލާމަތްވެވެން އޮތް ހަމައެކަނި މަގެވެ. އެއީ ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވުމެވެ. މިއީ ވަރަށް މާނަ ފުން ބަސްފުޅެކެވެ. ސަލާމަތްވެގެންވާ ހިތަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ، ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކޮށް، އަދި ނަހީކުރެއްވެވި އެންމެހައި ކަންކަމުން ސަލާމަތްވެގެންވާ ހިތެކެވެ. ސާފުޠޯހިރު ހިތެކެވެ. މީސްތަކުންގެ މައްޗަށް ހަސަދަލުމާއި ފިތުނަތަކުން ސަލާމަތްވެގެންވާ ހިތެކެވެ.  

ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށެވެ. ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް