އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތަރު ރަށެއްގައި ބިނާކުރާ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި ބިނާކުރާ މިސްކިތްތައް އިމާރާތްކޮށްދޭނެ ފަރާތެއްހޯދަނީ

ހަތަރު ރަށެއްގައި ބިނާކުރާ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި ބިނާކުރާ މިސްކިތްތައް އިމާރާތްކޮށްދޭނެ ފަރާތެއްހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހަތަރު ރަށެއްގައި ބިނާކުރާ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި ބިނާކުރާ މިސްކިތްތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ ދަށުން އިސްލާމީ މަރުކަޒު ބިނާކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ، ށ. ފުނަދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިލީގައެވެ. އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 102,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ނައިފަރުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް 126,000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ.

މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާ ހިމެނެއެވެ.

މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. އަދި ބިޑު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޖުލައި 16 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. އަދި ބިޑް ހުޅުވުން އޮންނާނީ ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް މާލީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު