އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮލިސީ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘީމް އިބްރާހިމެވެ.

މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ޤައުމުތަކުގައި ޢަމަލުކުރަމުންދާ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި. އޯ. އެމް) އަދި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ ބައިވެރިވުމާ އެކު ސިލްސިލާކޮށް ގެންދެވުނު މަޝްވަރާތަކަށް ބިނާކޮށެވެ. މި ސިޔާސަތު އެކުލަވާލުމުގައި އައި. އޯ. އެމް ޑިވެލޮޕްމަންޓް ފަންޑުން ވަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ"އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްޙަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.

ނޭޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީގެ މަޤްޞަދަކީ މަލްޓި ސެކްޓަރ ކޯޑިނޭޝަން މެކޭނިޒަމްއެއް މެދުވެރިކޮށް ޒިންމާވާ ހުރިހާ ދާއިރާތަކެއް ޝާމިލުވާގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުޙަލާއެއްގައި އެމީހުންގެ ސިއްޙީ ޙާލަތު ރަނގަޅުކުރުމެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމެވެ.

މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އިން އޭޝިއާ އަދި ޕެސިފިކް ސަރައްޙަދަށް ކަނޑައަޅުއްވާފައިވާ މަންދޫބު މިސްޓަރ ކަޓޯ އިއޯރީ އާއި އ.ދ. އިން ރާއްޖެއަށް ކަނޑައަޅުވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހާއޯ ޒަންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު