އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް ބީއެމްއެލް އިން ބޮޑުކޮށްްފި

ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް ބީއެމްއެލް އިން ބޮޑުކޮށްްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ މަހެއްގެ ލިމިޓު 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފިއެވެ. މި ބަދަލު އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ބީއެމްއެލްއިން މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، ޑެބިޓް ކާޑުތަކުން ނަހަމަ ގޮތުގައި ކުރެވޭ މުއާމަލާތްތަކާއި، އަމިއްލަ ފަރުދުންގެ އެކައުންޓްތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައިވެއެވެ.

ޓެމޫއާއި، ޝެއިންއާއި، އަލީއެކްސްޕްރެސްއާއި، ލަޒާޑާއާއި އީބޭ ފަދަ އީ-ކޮމާސް މަންސަތަކުގައި ދިވެހި ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބޭރު ފައިސާ މުއާމަލާތްތައް ކޮންމެ މަހަކުވެސް ކުރަމުންދެއެވެ. އެހެންކަމުން ޖުލައި އެއްވަނަ ދުވަހުން ފެށިގެން މި ސައިޓުތަކުގައި ކުރާ މުއާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ބޭންކުން ނަގާނެއެވެ. 

އެހެންނަމަވެސް، ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ނަގުދު ފައިސާ ނެގުމުގެ ލިމިޓު ހުންނާނީ މަހަކު 125 ޔޫއެސް ޑޮލަރުގައެވެ. އަދި ބޭރުގައި އޭޓީއެމްއިން ފައިސާ ނެގުމުން 10 ޔޫއެސް ޑޮލަރުގެ ފީއެއް ނެގޭނެއެވެ. މި ނިންމުމަށް ވާސިލުވުމުގައި، ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭރުގައި އޭޓީއެމްތަކުން ފައިސާ ނެގުމަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހޮޓާ ބުކިންގ، ފްލައިޓް ޓިކެޓް އަދި އެހެނިހެން ވެބްސައިޓްތަކުގެ ޚިދުމަތްތަކަށް މަހުން މަހަށް ފައިސާ ދެއްކުން ފަދަ މުއާމަލާތްތަކުން އެއްވެސް އިތުރު ފީއެއް ނުނެގޭނެއެވެ. އަދި ޑޮލަރު އެކައުންޓުތަކާ ގުޅުވާފައިވާ ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ވެސް އިތުރު ފީއެއް ނުނެގޭނެއެވެ.

މި ބަދަލާއެކު، ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު ކާޑުގެ ލިމިޓު އައުވަމުންދާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް އަސާސީ މުދަލާއި ޚިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބޭންކުން އުންމީދުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު