އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު
· ކަދުރު:
ކީރިތި ޤުރުޢާނުގައި ކަދުރުގެ ވާހަކަ 22 ފަހަރު އައިސްފައިވެއެވެ.
" އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑާ ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. އަދި މަތިމައްޗައްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރު ރުށްތައްވެސް ފެޅުއްވީމެވެ."
(50:9-10)
ކަދުރަކީ ސިއްޙަތައް ފައިދާކުރަނިވި އެތައް މާއްދާއެއް އެކުލެވޭ މޭވާއެކެވެ.
· މޭބިސްކަދުރު:
ކީރިތި ޤުރުއާނުގައި މޭބިސްކަދުރު އައިސްފައިވަނީ 11 ފަހަރެވެ.
"އެކަލާނގެ އެފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހައި މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެއްކެއްވާކަންކަށަވަރެވެ." (16:11)
މޭބިސްކަދުރަކީ، ހަށިގަނޑުގެ ދަނގަޑުގާއި ހަކުރުގެ މިންވަރު ރަނގަޅަށް ބަލަހައްޓަން އެހީވެދޭ މޭވާއެކެވެ.
· ޒައިތޫނި (olive):
ކީރިތި ޤުރުޢާނުގައި ޒައިތޫނި އައިސްފައިވަނީ 6 ފަހަރެވެ.
" އަދި ޒައިތޫނި ގަސްތަކާއި ކަދުރު ރުށްތައްވެސް ނެރުއްވީމެވެ." (80:29)
މިއީ ހިތާއި ހަޖަމްކުރުމުގެ ނިޒާމަށް އެތައް ފައިދާއެއްކޮށްދޭ މޭވާއެކެވެ.
· އަންނާރު:
ކީރިތި ޤުރުއާނުގައި އަންނާރު އައިސްފައިވަނީ 3 ފަހަރެވެ.
"އަދި އެދެސުވަރުގޭގައި އެކިބާވަތުގެ މޭވާއާއި ކަދުރު ރުކާއި އަންނާރުވެއެވެ." (55:68)
އެކި ބާވަތްތަކުގެ ޖަރާސީމާއި ވައިރަސްތަކުން ސަލާމަތްކޮށްދިނުމަށް އަންނާރުގެ ބޭނުންހިފޭނެއެވެ. މިއީ އަނގައިގެ ސާފުތާހިރުކަމަށްވެސް ވަރަށް ރަނގަޅު މޭވާއެކެވެ.
· ދޮންކެޔޮ:
" އަދި ތިރިންފަށައިގެން ގޮފިތަކާއި ހަމައަށް މޭވާ އަޅާ ބަރާވެފައިވާ ޠަލްޙު ގަސްގަހުގެ ނިޢުމަތުގައެވެ." (56:29)
(ޠަލްޙު ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)
· ތީނި: (fig)
"ތީނިއާއި ޒައިތޫނި ގަންދެއްވައި ﷲ ހުވާ ވަޙީކުރައްވައެވެ." (95:1)
މިއީ ފައިބާ އާއި އެކި ވައްތަރުތަކުގެ ވިޓަމިންސްތަކުން މުއްސަދި، ކޮލަސްޓްރޯލް ފަދަ ބަލިތަކަށް ރަނގަޅު މޭވާއެކެވެ.
https://lifeinsaudiarabia.net/fruits-mentioned-in-the-holy-quran
Advertisement
1 ޖުލައި 2025