އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްޔޫޘުންގެ ނުބައިކަން މާބޮޑުވެ މާބޮޑެތި ދައްޔޫޘުންނަށްވެއްޖެ! ނަރަކައިގެ އަލިފާނަށް ހަމަ ބިރުނުގަންނަނީތަ؟

ދައްޔޫޘުންގެ ނުބައިކަން މާބޮޑުވެ މާބޮޑެތި ދައްޔޫޘުންނަށްވެއްޖެ! ނަރަކައިގެ އަލިފާނަށް ހަމަ ބިރުނުގަންނަނީތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 8 ސިކުންތު

ކުރިން ދައްކަންޖެހެނީ ޒިނޭކުރަން އަނބިން ދޫކޮށްލައިގެންތިބޭ ދައްޔޫޘުންގެ ވާހަކައެވެ. އެމީހުންނަށް ހުރި ގަދަފަދަ ޢަޛާބުގެ ވާހަކައެވެ. އެކަމަކު މިހާރު ދައްކަން މިޖެހެނީ ނުބައިކަން މާބޮޑު ދައްޔޫޘުންގެ ވާހަކައެވެ. އެއީ ޒިނޭކުރަން އަނބިން ދޫކޮށްލުމުގެ އިތުރުން އަނބިންލައްވައި ޒިނޭކުރުވައި އެކަމުން އާމްދަނީ ހޯދައިގެން ދިރިއުޅޭ ފިރިންގެ ވާހަކައެވެ.   

މިދައްކަނީ ބޭރު ޤައުމުތަކުގައި ހިނގާ ކަންކަމުގެ ވާހަކައެއް ނޫނެވެ. ހަމަ މިދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ވާހަކައެވެ. ސައިކަލުގައި އަނބިމީހާ ގެންގޮސް ހިލޭ ފިރިހެނުންނާއި ޙަވާލުކުރާ ފިރިން އެބަތިއްބެވެ. އަދި އަނބިމީހާ ޒިނޭކޮށް ނިންމައިގެން ނުކުންނަންދެން ފާރައަށް ތިބޭ ފިރިންވެސް އެބަތިއްބެވެ. އެކަމުން ލިބޭ ފައިސާއިން ދިރިއުޅޭ ދެމަފިރިން އެބަތިއްބެވެ.  

މިދެއްކެނީ ކުޑަކަމެއްގެ ވާހަކަ ކަމަށް ހީނުކުރާށެވެ! ދައްޔޫސުން ސުވަރުގެ ނުވައްދަވާނެތެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހަކަށް އެންމެ ކުޑަމިނުން ބައްލަވައިވެސް ނުލައްވަވާނެތެވެ. ދެން އެމިހާގެ ޙާލަކީ ކިބައިކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!  

ހިތަށް ބިރުވެރިކަމެއް ވަދެ ތައުބާވުމުގެ ވިސްނުން ލިބޭތޯ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމެވެ. ކުރެވިފައިވާ ކަންކަމަށް ބިރުވެތިވެ ތައުބާވުމުން އެމީހާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ   

"މީހެއްގެ އަންބެއްކަން ކަނޑައެޅިގެން އެނގޭ އިރު އޭނާގެ ފިރިމީހާ ރަށުގައި ނެތުމުން އެ އަންހެނާގެ ފަހަތުން އެހެން ފިރިހެނަކު އުޅުމަކީ ކޮންކަހަލަ ކަމެއްތަ؟ އަދި އަންހެނާވެސް މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ އެހެން ފިރިހެނަކާއި އެކު ( ރޭގަނޑު ދަންވަރު ސައިކަލް ދުއްވަން ގޮސް، ކޮޓަރިތަކަށް ގޮސް  ދެމީހުން އެކަނިވެ )  އުޅުމަކީ މިހާވަރެއްގެ ކަމެއްތަ؟ މިގޮތަށް ކަންތައް ވަނުންދާނަމަ އަންހެނާއާއި މެދު ޙަލާލު ފިރިމީހާ ކަންތައް ކުރަންވީ ކޮންގޮތަކަށްތަ؟ އަދި މިގޮތަށް އުޅޭ އަންހެނަކަށާއި ފިރިހެނަކަށް ދޭން އޮތް ނަސޭހަތަކީ ކޮބާ؟"  

އިސްލާމް ދީނުގައި ހިލޭފިރިހެނާކާއި އަންހެނަކު އެކަހެރިވުން ހަރާމް ކުރައްވާފައި ވަނީ އެދެމީހުންގެ ތެރެއަށް ޝައިޠާނާ ވަންނާނެތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.  

"مَا خَلَا رَجُلٌ بِامْرَأَةٍ إِلَّا كَانَ الشَّيْطَانُ ثَالِثَهُمَا".

މާނައަކީ: "ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ތިން ވަނަ މީހަކަށް ޝައިޠާނާ ހުންނާނެއެވެ." 

އިސްލާމްދީނުގައި ކޮންމެކަމެއްވެސް މަނާކުރައްވާފައިވަނީ މަތިވެރި ޙިކުމަތް ތަކެއްގެ މައްޗަށެވެ. އެހެންކަމުން ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދީފާނެ ކޮންމެ މަގެއް ބަންދުކުރުމަށް އަންގަވާފައި ވެއެވެ. ހިލޭއަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހަރާމްކުރައްވާފައިވަނީވެސް އޭގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާއަކުން އިންސާނާ ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ. 

ހިލޭއަންހެނަކާއި ފިރިހެނެއް އެކަހެރިވުމަކާއިނުލާ، ފާޙިޝް ޢަމަލަކަށް މަގުފަހިކޮށްނުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް ދެމީހުން އެކަހެރިވެ، ނުވަތަ ފާޙިޝް ވާހަކަ ދައްކަނީނަމަ، އިސްވެ ބަޔާން ކުރެވުނުފަދައިން އެއީ ޙަރާމް ކަމެކެވެ. 

ސުވާލުގައި ބަޔާންވެގެންވާ ފަދަ ގޮތަކަށް އަނބިމީހާ އުޅޭ ކަމަށް ވަނީނަމަ އެފަދަ މީހުންނާއި އިނދެގެން އުޅުން ހުއްދަވެގެން ނުވެއެވެ. އެފަދަ މީހުންނާ އިނދެގެން އުޅޭ މީހުންނަށް ކިޔަނީ ދައްޔޫޘުންނެވެ. ދައްޔޫޘުންނަކީ އެމީހެއްގެ ކިބާގައި ޣީރަތްތެރިކަމެއް ނެތްމީހާއެވެ. ނުވަތަ ތިމާގެ އަނބިމީހާ ޒިނޭކުރާކަން އެނގޭޙާލުގައިވެސް އޭނާ ވަރިނުކޮށް ހިފަހައްޓައިގެން ހުންނަމީހާ އެވެ.  

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(أَنَّاللَّهَسُبْحَانَهُوَتَعَالَىلَمَّاخَلَقَالْجَنَّةَقَالَ : وَعِزَّتِيوَجَلَالِيلَايَدْخُلُكبَخِيلٌوَلَاكَذَّابٌوَلَادَيُّوثٌ) 

މާނައަކީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގެ ހެއްދެވުމަށްފަހު، ސުވަރުގެ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުގެ ޢިއްޒަތާއި މަތިވެރިކަން ގަންދީ ވަޙީ ކުރައްވަމެވެ. ބަޚީލަކު، ދޮގުވެރިޔަކު، އަދި ދައްޔޫޘަކު ތިތަނަކަށް (ސުވަރުގެ) އަކަށް ނުވަންނާނެއެވެ". 

އެހެން ޙަދީޘެއްގައިވެއެވެ.

(إنَّالْمُؤْمِنَيَغَارُوَإِنَّاللَّهَيَغَارُوَغَيْرَةُاللَّهِأَنْيَأْتِيَالْعَبْدُمَاحُرِّمَعَلَيْهِ)وَقَدّقَالَتَعَالَى : (الزَّانِيلَايَنْكِحُإلَّازَانِيَةًأَوْمُشْرِكَةًوَالزَّانِيَةُلَايَنْكِحُهَاإلَّازَانٍأَوْمُشْرِكٌوَحُرِّمَذَلِكَعَلَىالْمُؤْمِنِينَ)  

މާނައަކީ: "ހަމަކަށަވަރުން މުއިމިނުންގެ ޣީރަތްތެރިކަމެއްވެއެވެ. އަދަ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޣީރަތްތެރިވެވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަކީ އަޅާ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުމެވެ، ހަމަކަށަވަރުން ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(الزَّانِيلَايَنْكِحُإلَّازَانِيَةًأَوْمُشْرِكَةًوَالزَّانِيَةُلَايَنْكِحُهَاإلَّازَانٍأَوْمُشْرِكٌوَحُرِّمَذَلِكَعَلَىالْمُؤْمِنِينَ)  

މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާ ނުވަތަ މުޝްރިކް އަންހެނަކާ މެނުވީ ކައިވެންޔެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނުން ޒިނޭކުރާ ފިރިހެނަކާ ނުވަތަ މުޝްރިކަކާ މެނުވީ ކައިވެނި ނުކުރާނެއެވެ. މިކަންތަކަކީ މުއިމިނުންގެ މައްޗަށް ޙަރާމް ކުރެވިގެންވާ ކަންތަކެވެ". އެހެންކަމުން ޒިނޭކުރާ އަންހެނަކު ތައުބާ ވުމުން ނޫނީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ މުއިމިނުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އަދި ކައިވެންޔަށްފަހުގައި އޭނާ ޒިނޭ ކުރާނަމަ އެކުގައި ގެންގުޅުމަކީ ޙަރާމްކަމެކެވެ. އެގޮތަށް ގެންގުޅެނީނަމަ އެފަދަ މީހަކު ވާހުށީ ދައްޔޫޘުންގެ ތެރެއިންނެވެ. މިއާޔަތުން ދޭހަވާ ގޮތުގައި މުސްލިމުންގެ ތެރޭގައި ދައްޔޫޘުން ތިބެއެވެ. 

މީގެ އިތުރުން ތިމާގެ ކައިވެނި ޙަރާމްވާ އަންހެނުން ޒިނޭގެ ފާޙިޝް ކަންތަކުގެ ތެރެއަށް އަރައިގަންނަކަން އެނގި، އެކަން މަނާ ނުކުރާ މީހުންނަކީ ވެސް ދައްޔޫޘުންގެ ތެރޭގައި ހިމެނޭނެ ބައެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދައްޔޫޘުންނާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. 

(ثَلَاثَةٌلَايَنْظُرُاللّهُعَزَّوَجَلَّإِلَيْهِمْيَوْمَالْقِيَامَةِ: اَلْعَاقُّلِوَالِدَيْهِ ، وَالْمَرْأَةُالْمُتَرَجِّلَةِ ، وَالدَّيُّوْثِ)  

މާނައަކީ: "ގިޔާމަތްދުވަހުން ރަޙްމަތުގެ ނަޡަރަކުން މާތް ﷲ ބައްލަވާ ވޮޑިގެން ނުވާ ތިންބައެއްވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި، ދައްޔޫޘުންނެވެ". 

އަންހެނުން ދައްޔޫޘުންގެ ތެރެއަކަށް ނުވަދެއެވެ. ދައްޔޫޘުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ޞިފައެކެވެ. ސަބަބަކީ އަންހެނުން ނުބައިމަގުތަކުން ދިޔުމުން ސަލާމަތް ކުރަންތިބި ބަޔަކީ ފިރިހެނުންކަމަށްވާތީވެ އެވެ. އަންހެނަކު އެފަދަ ނުބައިމަގަކުން ދާކަން އެނގިިހުރެ އެކަމާ އަޅައިނުލައި، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫޘުންނޭ ކިޔެއެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް