އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންނަށް އޮތީ ދަރިންނަށްޓަކައި އަބަދުވެސް މިފަދަ ދުޢާތައް ކުރަމުން ގެންދިއުމެވެ!

މައިންބަފައިންނަށް އޮތީ ދަރިންނަށްޓަކައި އަބަދުވެސް މިފަދަ ދުޢާތައް ކުރަމުން ގެންދިއުމެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ބަލިވެ އިނުމުން ކުރާނެ ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެއެވެ.  

"ދަރިފުޅު ބަނޑުގައި އޮންނައިރުވެސް އަދި ވިހާފައިވެސް ކުރާނެ ޚާއްޞަ ދުޢާއެއް ނެތެވެ. ދަރިފުޅަށްޓަކައި ޢާންމު ދުޢާތައް ކުރާށެވެ.!" ޝައިޚް އައްސިމް ޢަލްޙަކީމް  

ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ:  

އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ: 

رَبِّ هَبۡ لِىۡ مِنَ الصّٰلِحِيۡ 

މާނައީ: "އަޅުގެވެރި ރަސްކަލާކޮ! މިއަޅާއަށް ޞޯލިޙުންގެތެރެއިންވާ ދަރިއަކު ދެއްވަވާނދޭވެ!" (އައްޞޯއްފާތި: 100) 

ޒަކަރިއްޔާގެފާނު ކުރެއްވެވި ދުޢާ:  

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ 

މާނައީ: "އަޅުގެވެރި ރަސްކަލާކޯއެވެ! އިނބަ ރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވަވާނދޭވެ! ހަމަކަށަވަރުން އނބަ ރަސްކަލާނގެއީ، ދުޢާ އައްސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 38)  

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا  

މާނައީ: "އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަލަމެންނަށް ދެއްވަވާނދޭވެ! އަދި ތަޤްވާވެރިންގެ އިމާމުން ކަމުގައި އަޅަމެން ލައްވަވާނދޭވެ!" (އަލްފުރްޤާން: 74) މި ދުޢާ އަކީ ފިރިންނާއި ދަރިންނަށްޓަކައި އަނބިންނަށްވެސް (މައިމީހާއަށްވެސް) ކުރެވިދާނެ ދުޢާއެކެވެ.

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ 

މާނައީ:  "އަޅުގެވެރި ރަސްކަލާކޮ! އިނބަ ރަސްކަލނގެ މިއަޅާގެ މައްޗަށާއި މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވެވި ނިޢްމަތަށް ޝުކުރުކުރުމަށާއި އިނބަ ރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވަވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށްޓަކައި އިޞްލާޙްކޮށްދެއްވަވާނދޭވެ! ހަމަކަށަވަރުން ތިމަން އަޅާ އިނބަ ރަސްކަލާނގެއަށް ތައުބާ ވެއްޖައީމުއެވެ. ހަމަކަށަވަރުން ތިމަން އަޅާވަނީ މުސްލިމުންގެތެރެއިންނެވެ. (އަލްއަޙްޤާފި: 15)

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް