އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފި

އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މޮރޮކޯގެ މަރާކިޝްގައި ބޭއްވި އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައި، މިނިސްޓަރ އޮފް އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހީމް ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މައުޟޫއަކީ "ޔޫތު އާފްޓާ ދަ ކޮވިޑް-19 ޕެންޑަމިކް: ޕްރިއޯރިޓީސް އެންޑް އެކްސްޕެކްޑޭޝަންސް" މި މައުޟޫއެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަމުން މިނިސްޓަރ ވަނީ، ކޯވިޑް-19 ބަލިމަޑުކަމުން ދިވެހިރާއްޖެއަށް އަރައިގަނެވުނު ކާމިޔާބުކަމާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަކަމާއެކު މަސައްކަތްކުރި ގޮތް ފާހަގަކުރައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގެ ކުރިން މިނިސްޓަރ ވަނީ މޮރޮކޯގެ ޒުވާނުންގެ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެކު އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ އިސް ވަފުދާ ބައްދަލުކުރައްވާފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު