އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މުހިންމީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ! މިއޮތީ އެކަމަށް އެދިވަޑައިގެން ރަސޫލް ޞޢވ ކުރެއްވެވި ދުޢާއެކެވެ!

އެންމެ މުހިންމީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ! މިއޮތީ އެކަމަށް އެދިވަޑައިގެން ރަސޫލް ޞޢވ ކުރެއްވެވި ދުޢާއެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

އަހުރެމެންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. އެހެންވެ މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް އެދެން ޖެހޭނީ ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބުމަށެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހަކަށް އެހިސާބުން އެވަނީ ދުނިޔެއާއި ޢާޚީރަތުގެވެސް ހުރިހާ ކަންކަން ފުރިހަމަވެ ނިމިފައެވެ. އެއްވެސް ކަމެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އެކަނި އިނދެގެންވެސް ޢާއިލާތައް އެކުގައި ތިބެގެންވެސް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!   

"اللَّهُمَّ إنِّيْ أسْألُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، والعَمَلَ الَّذي يُبلِّغُنِيْ حُبَّكَ " 

-قد قال النبي صلى الله عليه وسلم: «أتاني ربي عز وجل - يعني في المنام- فقال يا محمد قل اللهم إني أسألك حبك وحب من يحبك والعمل الذي يبلغني حبك» (رواه الترمذي وصححه)

رابط المادة 

ޙަދީޘްފުޅުގެ މާނަ:  

"ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ވެރި ރައްބު ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ. އިބަ އިލާހުގެ ލޯތްބަށް މިއަޅާ އެދެމެވެ. އަދި އިބައިލާހުދެކެ ލޯބިވާ ފަރާތްތަކުގެ  ލޯތްބަށްވެސް އެދެމެވެ. އަދި އެޢަމަލުތަކުން އިބައިލާހުގެ ލޯބި ލިބެނެވި ޢަމަލުތަކަށްވެސް އެދެމެވެ."

 

- ޝައިޚް މުޙައްމަދު މަންޞޫރު

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް