އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޞްލާޙްކުރަން އެދޭ އުނިސިފަތައް އިޞްލާޙްނުކުރާތީ ފޫހިވެ އެކުގަ އުޅެން އުނދަގޫވެއްޖެނަމަ ވަރިއަށް އެދުން ހުއްދަވާނެތޯ؟

އިޞްލާޙްކުރަން އެދޭ އުނިސިފަތައް އިޞްލާޙްނުކުރާތީ ފޫހިވެ އެކުގަ އުޅެން އުނދަގޫވެއްޖެނަމަ ވަރިއަށް އެދުން ހުއްދަވާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

ދެމަފިރިން އެކުގައި އުޅޭއިރު އަނެކާގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަން އިޞްލާޙްކުރަން ތަކުރާރުކުރަން އެދުމުންވެސް އިޞްލާޙްނުކުރާތީ ފޫހިވެ އެކުގައި އުޅެން ބޭނުންނުވާ ޙާލަތުގައި ވަރިއަށް އެދުމަކީ ހުއްދަކަމެއްތޯ؟

ޖަވާބަކީ ދެމަފިރިންކުރެ ކޮންމެ މީހަކުނަމަވެސް އިޞްލާޙްކުރަން އަނެކާގެ ކިބައިން އެދޭ ނުރަނގަޅު ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ. އެއީ އެކުގައި އުޅެން ބޭނުންވާނަމަ ކުރަންޖެހޭނެ ކަމެކެވެ. އިޞްލާޙް ނުކުރާނަމަ ފޫހިވެ ކައިވެނި ރޫޅުން އޮންނާނީ ދާދި ގާތުގައެވެ.  

ކިޔުންތެރިޔާގެ މިސުވާލަކީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެ ލެއްވުމެވެ.  

އަޅުގަނޑުވެސް ކައިވެނިކުރީ ވަރަށް ގިނަ އުންމީދުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ފިރިމީހާގެ ކިބައިން ފެންނަމުންދާ ބައެއް ކަންކަމަކީ އަޅުގަނޑަށް ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. އެކަންކަން އިޞްލާޙްކުރަން ނަޞޭޙަތް ދީދީވަރުބަލިވެއްޖެއެވެ.  

އެހެންވެ މިހާރު އަޅުގަނޑަށް ފިރިމީހާ ފެނުނަސް ފޫހިވެއެވެ. ގައިގަ ބީހެންވެސް ބޭނުމެއް ނުވެއެވެ. އެހެންވެ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ކޮށްދޭންޖެހޭނެ ފެންވަރަށް ކޮށެއް ނުދެވެއެވެ.  

މިޙާލަތުގައި އޭނާ އާއިއެކު ދިރިއުޅޭނަމަ ފިރިއަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްނުދެވޭތީ ފާފަވެރިވެދާނެ ކަމުގެ ބިރުއެބައޮތެވެ. އެހެންކަމުން އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ވަރިއަށް އެދުމުން ފާފަވެރިވާނެތޯއެވެ؟  

ތިރީގައިވާ ލިޔުމުން ސުވާލުގެ ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.  

އަނބިމީހާ ފިރިމީހާއާއިއެކު އުޅެން ބޭނުން ނުވެއްޖެނަމަ އޭނައަށް "ޚުލްޢު" އަށް އެދުމުގެ ފުރުޞަތު އިސްލާމްދީނުގައި އޮވެއެވެ.  

"ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ. 

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެއް ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތް ބިން ގައިސް އާއިއެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތް ބިން ގައިސް އާއިއެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.) 

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ."  

ނަމަވެސް މިފަދަ ނިންމުމަކާ ހަމައަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. "އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.") والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް