އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމާ މައުމޫމުންނަށް ސަފު ތަރުތީބު ކުރަން އެންގުމުގެ ގޮތުން ކިޔަންވާ ސީޢާ ރަސޫލާ ޞޢޥ ގެ ސުންނަތުން ސާބިތުވާ ގޮތްތައް-

އިމާމާ މައުމޫމުންނަށް ސަފު ތަރުތީބު ކުރަން އެންގުމުގެ ގޮތުން ކިޔަންވާ ސީޢާ ރަސޫލާ ޞޢޥ ގެ ސުންނަތުން ސާބިތުވާ ގޮތްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 36 ސިކުންތު

ޞަފަށް ގޮވުމުގައި އެކި ޢިބާރާތްތައް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޭނުން ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:  

(سووا صفوفكم فإن تسوية الصف من تمام الصلاة )

މިއީ ބުޚާރީ އާއި މުސްލިމް ގައި އައިސްފައިވާ ރިވާޔަތެކެވެ. 

(سووا صفوفكم فإن تسوية الصفمن إقامة الصلاة  )

މިއީ ބުޚާރީގައި އައިސްފައިވާ ރިވާޔަތެކެވެ. 

(رصوا صفوفكم وقاربوا بينها وحازوا بالأعناق  )

މިއީ އަބޫދާވޫދު ގެ ރިވާޔަތެކެވެ. 

(أقيموا الصفوف حازوا بين المناكب وسدوا الخلل ولينوا بأيدي إخوانكم ولا تزروا فرجاتالشيطانفإن الشيطان يدخل فيه من بين أهل الصف)

މިއީވެސް އަބޫދާވޫދު ގެ ރިވާޔަތެކެވެ. والله أعلم 

އިތުރު ސުވާލާ ޖަވާބު: 

ﷲ ތަޢާލާގެ ފޮތް ޤުރުއާން އެއްލާލާ އަދި ޚާއްސަ ކޮށް ކުނިގަނޑު ފަދަ ތަންތަނަށް އުކާލާ މީހުންގެ ޙުކުމަކީ ކޮބައިތޯއެވެ؟ 

ﷲ ތަޢާލާގެ ފޮތް ނައްތާލަންވެއްޖެނަމަ އޮތް ގޮތަކީ އަންދާލުމެވެ. އެފޮތް ގޮނޑަށް އެއްލާލި މީހުން އެކަން ކޮށްފައިވަނީ ގުރްއާނަށް އިހާނެތިކޮށް ހިތުމަށް ކަމަށް ވަނީނަމަ އެކުރެވުނީ ބޮޑުވެގެންވާ ފާފައެކެވެ. އެކަމުން އަވަހަށް ތައުބާ ވާން ޖެހޭނެއެވެ. والله أعلم 

އަޅުގަނޑު ފުރާވަރަށް އަރައިގެން އައި ދުވަސްވަރު، ނުހިފާ ހުރި ރޯދަ ތަކެއް އެބަ ހުއްޓެވެ. އެހެންނަމަވެސް އެ ކިހާވަރެއް ކަމެއް ހަނދާނެއް ނުއެވެ. މި ރޯދަތަކަށް ހަދާނީ ކިހިނެއްތޯއެވެ. 

މިފަދަ ޙާލަތުގައި ޔަގީނުންވެސް މަދުނުވާނެ ވަރަށް ރޯދަ ގަޟާ ކުރާނީ އެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް