އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް: ޑާސާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް: ޑާސާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު ފަސިންޖަރ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މި ޓަރމިނަލްގެ ސަލާމަތީ މިންގަނޑުތައް ފުރިހަމަކަމާއި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންވާކަންވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިކަން ނަޝީދު ވިދާޅުވީ، އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމެންޓެއްގައި ވާހަކަދައްކަވަމުންނެވެ.

"އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓަރމިނަލް ތެރޭގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން" ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ވީއައިއޭ އައު ޓަރމިނަލުގައި ޤާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ، އަދި ސެކިއުރިޓީ މިންގަނޑުތަކަށް ފެތޭ ސިސްޓަމެއް ކަމަށެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖޭގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ހައިސިއްޔަތު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު