އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫކޮށްގެން ނޫނީ ނުނިދާށެވެ! ވުޟޫކޮށްގެން އޮއްވާ ނިދީގަ މަރުވާ މީހުންނަށް މިބޮޑު 3 ނިޢްމަތް ދެއްވަވާނެ! އިން ޝާ ﷲ

ވުޟޫކޮށްގެން ނޫނީ ނުނިދާށެވެ! ވުޟޫކޮށްގެން އޮއްވާ ނިދީގަ މަރުވާ މީހުންނަށް މިބޮޑު 3 ނިޢްމަތް ދެއްވަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އިންސާނާގެ ފުރާނައާއިމެދު މީސްތަކުންނަށް އެނގޭ ހަމަ އެއްވެސް ކަމެއް ނެތެވެ. ﷲ ތަޢާލާ އަންގަވައިދެއްވެވި ކަމެއް މެނުވީއެވެ. މިސާލަކަށް ބުނާނަމަ ކޮންމެ މީހެއްގެ ފުރާނަ ވަނީ މާކުރިން އުފައްދަވައިފައެވެ. ނަމަވެސް މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނައަޅުއްވަވަންދެން އެފުރާނަވާ ތަނެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ލިބިގެނެއް ނުވެއެވެ.

ހަށިގަނޑާއި ފުރާނަ އެކުވުމަށްފަހު ނިދަން މަޖުބޫރުވެއެވެ. ސައިންސްވެރިންގެ ހޯދުންތަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ކުރިއެރުމުން ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނައިރުވެސް ނިދާކަން އެބައެނގެއެވެ.

ދުނިޔޭގައި އުޅޭއިރު ނިދީގައި ފުރާނަ އިންސާނާގެ ހަށިގަނޑާއިވަކިވެގެންދެއެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ހުންނަނީ ގުޅިފައެވެ. ނިދާފައި އޮންނަ މީހަކު ހޭލައްވަން އުޅުމުން ނުވަތަ ހަށިގަނޑަށް ކަމެއް ދިމާވުމުން (ނިދީގައި އެމީހެއްގެ ފުރާނަ ހިއްޕަވާފައި ނުވާނަމަ) ހަށިގަނޑުގެ ތެރެއަށް ފުރާނަ ވަދެގަތުމަށް އަވަސްވެގަނެއެވެ.

ނިދުމުގެކުރިން ވުޟޫކުރުމަކީ ނުވަތަ ވުޟޫކޮށްގެން ނިދުމަކީ ސުންނަތެކެވެ. ވުޟޫމަތީގައި ނިދުމުން އެމީހަކު ނިދީންހޭލެވެންދެން އެމީހަކަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކު ލައްވަވައެވެ.

ނިކަން ވިސްނައިލަބަލާށެވެ!

1-އެއިގެ އިތުރުން ނިދީގައި މީހާގެ ފުރާނަ ހިއްޕަވައިފިނަމަ އެމީހަކު މަރުވާނީ ވުޟޫމަތީގައެވެ. މާނައަކީ ސުންނަތް އަޅުކަމެއް ކުރުމުގެ މަތީގައެވެ.

2- ރަސޫލް ޞައްލަﷲ ޢަލައިފި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރަނިކޮށެވެ.

3- އެކަމުގެ ސަބަބުން ﷲ ތަޢާލާ ލެއްވެވި މަލާއިކަތާގެ ހެޔޮދުޢާ ލިބުންމަތީގައެވެ.

މިއީ ޙާޞިލުކުރެވެން އޮތް ކޮންފަދަ މަތިވެރި ނިޢްމަތް ހެއްޔެވެ؟ ނުހަނު ފަސޭހައިން ޙާޞިލުކުރެވެން އޮތް މިހައި މަތިވެރި ނިޢްމަތެއް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟

މުސްލިމުންނަށް އޮތް އުފާވެރި ޚަބަރަކީ ސުވަރުގޭގައި ނިދުން ނެތްކަމެވެ. އަބަދުވެސް ތިބޭނީ ހޭލައިކަމެވެ. ހަށިގަނޑަށް އެއްވެސް ބާވަތެއްގެ ވަރުބަލިކަމެއް ނުލިބޭނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް