އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރެއް ނުގަނޭތަ؟ ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދުވާ މީހާވަނީ އެންމެ ނުބައި ޝައިޠޯނުންގެ ތެރެއިން!

ބިރެއް ނުގަނޭތަ؟ ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދުވާ މީހާވަނީ އެންމެ ނުބައި ޝައިޠޯނުންގެ ތެރެއިން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ވިސްނާލަން އޮތް ކަމަކީ ޝައިޠޯނާ އެންމެ އުފާވާ ކަންތައް މީހަކު ކޮށްފިނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ މިންވަރެވެ. ހަމައެކަނި އެކަމަށް ވިސްނައިލާ މީހަކުވެސް ދެމަފިރިއެއްގެ މެދުގައި ފިތުނަ އުފެދޭނެ އެއްވެސް ކަމެއް ނުކުރާނެއެވެ. 

ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އެއީ ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވާތީ ހުރިހާ ކަންކަމުގައި ވިސްނުން އެއްގޮތް ނުވާނެތީއެވެ. މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ކައިވެނި ރޫޅައިލަން ވެއްޖެ ނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ 

މީގެ އިތުރުން ކައިވެނި ރޫޅުވުމަކީ ޝައިޠޯނާ އެންމެ ބޮޑަށް ކުރުވަން ބޭނުންވާ ކަންތަކެވެ. ވީމާ އަބަދުވެސް ޝައިޠޯނާ މަސައްކަތްކުރަމުން ގެންދާނީ ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި ކަންކަންވެސް އެއީ ވަރަށް ބޮޑު މައްސަލައަކަށް ހެދުމަށެވެ. ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނައި ޝައިޠޯނާގެ ވަސްވާސްތަކަށާއި ޝައިޠޯނާގެ ފިތުނައަށް ވިސްނައި ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރާ މީހުންނެވެ. 

ޝައިކްގެ މިބަސްފުޅަށް ވިސްނައިލާށެވެ. 

"އިބްލީސް އޭނަގެ ތަޚުތު ފެންމަތީގައި ބަހައްޓައެވެ. އަދި އޭނަގެ މަންދޫބުން މީސްތަކުން މަގުފުރެއްދުމަށް ފޮނުވާ އެންމެ ބޮޑު ފިތުނައެއް އުފައްދާ ޝައިތާނަކަށް އޭނަގެ އަރިސް މަޤާމުދެއެވެ. 

މިގޮތުން އިބްލީހުގެ އެންމެ އަރިސް މަޤާމް ލިބޭ އެއްޝައިތާނަކީ ދެމަފިރިއަކު ދުރުކުރުވާފައި އަންނަ ޝައިތާނާއެވެ."

- ޝައިޚް އަޙްމަދު ރިމާޒް 

ކަންމިހެން އޮތް އިރު ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވައި ދެމަފރިން ދުރުކުރުވާ އިންސާނުންގެ މަޤާމާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ. އެކުވެރިންގެ ގޮތުގައި ތިބިގެންވެސް ޢާއިލީ މީހުންގެ ގޮތުގައި ތިބެގެންވިޔަސް ޝަރުޢީ ގޮތުން ހުއްދަ ޢުޛުރެއް ނެތި ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރާނަމަ އެމީހަކީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. 

ދެމަފިރިއެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގިއްޖެނަމަ އެދެމަފިރިންގެ މެދުގައި ޞުލްޙަކުރުވަން މަސައްކަތްކޮށްފިނަމަ އެކުރެވެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މަތިވެރި ޢަމަލުތައްކޮށް އެކަމުން ލިބެން އޮތް ޘަވާބާއި ދަރުމަ ލިބިގަތުމަށެވެ. 

ހިތާމައަކީ ކުރިންވެސް ބުނި ފަދައިން މިކަންކަމަށް ވިސްނައިވެސް ނުލެވޭ ކަމެވެ. ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ފިތުނަ އުފައްދުވައި ނުބައި ވަސްވާސްދީ ކައިވެނި ރޫޅުވާލަން މަސައްކަތްކުރެވޭ ކަމެވެ. އެއިރުން ތިމާއެވަނީ އެންމެ ނުބައި ޝައިޠޯނުންގެ ތެރެއިންކަންވެސް ވިސްނައިނުލެވޭ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް