އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ނުލިބޭ މީހެއްގެ ހިތުގަ ޖެހޭނެ ފަދަ ބަހެއް ބުނަން ހެޔޮނުވާނެ! ފުރައްސާރަ އެކުރެވެނީ ﷲ ތަޢާލާގެ ނިންމެވުމަކަށް!

ދަރިން ނުލިބޭ މީހެއްގެ ހިތުގަ ޖެހޭނެ ފަދަ ބަހެއް ބުނަން ހެޔޮނުވާނެ! ފުރައްސާރަ އެކުރެވެނީ ﷲ ތަޢާލާގެ ނިންމެވުމަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ދަރިން ނުލިބޭނަމަ އެއީ އެމީހެއްގެ ހުރި ނުކުޅެދުންތެރިކަމުން ކަމަށްބުނެ އެމީހަކަށް ފުރައްސާރަކުރާ ބައަކު އުޅެއެވެ. އެފަދަ ބަސްތައް ބުނާ މީހުންނަށް ނުއެނގޭކަމަކީ އެމީހުންނަށް ފުރައްސާރަ އެކުރެވެނީ ﷲ ތަޢާލާގެ ނިންމެވުމަކަށް ކަމެވެ. އެކުރެވެނީ ފާފައެކެވެ. އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ! 

ދަލީލު:  

ދަރިންނަކީ މާތް ﷲ ދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ސޫރަތުއް ޝޫރާގެ 49 އަދި 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ)  

މާނައަކީ: " އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދިއެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ.  ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ".  

އެހެންކަމުން، ދަރިޔަކު ނުލިބުމަކީ އޭނަ މުޖްތަމަޢުން ބޭރުވާން ޖެހޭ ސަބަބެއް ނޫނެވެ. ދަރިން ނުލިބެނީ އަންހެން މީހާ އަށް ނަމަ ފިރިމީހާ އެހެން މީހަކާ ކައިވެނިކޮށްގެން ދަރިޔަކު ހޯދިދާނެއެވެ. އަދި ދަރިޔަކު ނުލިބެނީ ފިރިހެން މީހާ އަށް ކަމަށް ވަނީނަމަ އެފިރިއެއް ގާތުން ވަރިވެގެން އެހެން ފިރިހެނަކާ ކައިވެނިކޮށްގެން ދަރިޔަކު ހޯދިދާނެއެވެ.

والله أعلم 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް