އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާއަކު އެންމެ އާޔަތެއްނަމަވެސް ހިތުދަސްކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަނިކޮށް މަރުވެއްޖެނަމަ ކައްވަޅުން ތެދުވާނީ ޙާފިޡުންފަދައިން-: މުފްތީ މެންކް

ހަފްތާއަކު އެންމެ އާޔަތެއްނަމަވެސް ހިތުދަސްކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަނިކޮށް މަރުވެއްޖެނަމަ ކައްވަޅުން ތެދުވާނީ ޙާފިޡުންފަދައިން-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ކީރިތި ޤުރްއާނުގައި 6200 އަށްވުރެ ގިނަ އާޔަވެއެވެ. ހަފްތާއަކު އެންމެ އާޔަތެއް ހިތުދަސްކުރާނަމަ އަހަރަކު ހިތުދަސްކުރެވޭނީ އެންމެ 52 އާޔަތެވެ. އެހެންކަމުން ހަފްތާއަކު އެންމެ އާޔަތެއް ހިތުދަސްކުރާ މީހަކަށް މުޅި ޢުމުރުގައިވެސް އޮންނާނީ އެކަން ނުކުރެވިފައެވެ.  

އެހެންކަމާއިއެކުވެސް ބުނަމެވެ. ހަފްތާއަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަނިކޮށް މަރުވެއްޖެނަމަ އެމީހަކު ކައްވަޅުންތެދުވާނީ ޙާފިޡުން ފަދައިންނެވެ. އެއީ އެކަމަށް ނިޔަތްގަނެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރިކަމަށްޓަކައެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކަށްޓަކައި ﷲ ތަޢާލާ ލިޔުއްވަވާނެ ޘަވާބުގެ މިންވަރު ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! ކުރަން މަސައްކަތްކުރާ ކޮންމެ ހެޔޮ ޢަމަލެއް އެންމެ ފުރިހަމަ ނުކުރެވުނަސް ނިޔަތްގަނެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން މިބުނަނީ އެހެންވެގެންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން  

މުފްތީ މންކުގެ މިބަސްފުޅުން އެނގިގެންދަނީ ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތް ފެށުމަށް ވަކި ޢުމުރެއް ނެތްކަމެވެ. މިބަހުގެ މާނައަކީ ޢުމުރުން 60 އަހަރުވުމުން ހިތުދަސްކުރަން ފަށަން މަޑުކުރުމެއް ނޫނެވެ. އެކަން ވިސްނުނީންސުރެ އެކަމަށް މަސައްކަތްކުރަންވާނެއެވެ. ހަމަ އެއާއިއެކު 70 އަހަރުވެފައި ހުއްޓައި ވިސްނުނަސް މާޔޫސްވެ މަސައްކަތްކުރަން ނުފެށުމެއްވެސް ނެތެވެ. އެންމެ މުހިންމު ކަމަކީ ހެޔޮކަމެއް ކުރަން ހިތަށް އެރުމުން ވީހާއަވަހަކަށް އެކަމަށް މަސައްކަތްކުރަން ފެށުމެވެ. އިޚްލާޞްތެރިވުމަކީ އެއީއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް