އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު އަހަރުތައް ފާއިތުވާއިރުވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވެ އެއްދާން ނުކުރެވޭނަމަ ދެމަފިރިން ވަކިވުމަކީ މައްސަލައެއް ނޫން!

ކައިވެންޏަށްފަހު އަހަރުތައް ފާއިތުވާއިރުވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވެ އެއްދާން ނުކުރެވޭނަމަ ދެމަފިރިން ވަކިވުމަކީ މައްސަލައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މިލިޔުމުގައިވާ މައްސަލައަކީ ޢާންމު މައްސަލައެއް ނޫނެވެ. ވަރަށް މަދު ބައަކަށް ކުރިމަތިވާ ކަމެކެވެ. މިފަދަ ޙާލަތު ކުރިމަތިވުމުން ދެމަފިރިން ވަކިވުމަކީ މައްސަލައެއް (ފާފަވެރިވާނެ ކަމެއް) ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ޖަވާބެވެ.  

އަޅުގަނޑު މީހާއަކާއި އިނދެގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް ދެމަފިރިކަމުގެ ގުޅުން ނުހިންގެއެވެ. ދެން އަޅުގަނޑު ހަދާނީ ކިހިނެއްތޯއެވެ؟ 

ޑޮކްޓަރުންގެ ލަފާވެސް ހޯދިއްޖެއެވެ. އެހެންނަމަވެސް އެއީ އަލަށް އެކަން ކުރާތީކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް މިހާރު ފަސް ވަރަކަށް އަހަރު ވެފައި ވުމާއި އެކުވެސް މިކަމަށް އެއްވެސް ހައްލެއް ނައުމުން އަޅުގަނޑު މިވަނީ ނާއުއްމީދުވެފައެވެ.ދެން އަޅުގަނޑު ހަދަންވީ ކިހިނެއްތޯއެވެ؟ 

އަދި އަޅުގަނޑަށް އަޑު އިވިފައިވާ ގޮތުގައި ޖިމާޢު ނުވެ ހަމަސްވެއްޖެ ނަމަ އެމީހަކު ވަރިވާނެއެވެ. މިއީ ތެދެއްތޯއެވެ؟ އެހެންކަމަށްވާނަމަ ޖިމާޢު ނުވިއަސް އެހެން ގޮތަކަށް އެދުން ފުއްދުމުން އެކަން ހަމަޖެހޭނެތޯއެވެ؟ 

ޖިމާޢު ނުވެ ހަމަސްވުމުން ވަރިވާނެ ކަމަށް މީހުންބުނެ އުޅޭ ވާހަކަ އަކީ ރަގަޅު ވާހަކަ އެއް ނޫނެވެ. އެހެންނަމަވެސް، ކައިވެނީގެ އެންމެ އިސް އެއް މަގްޞަދަކީ ދެމަފިރިންވެސް ޢިއްފަތްތެރިވުން ކަމަށްވީތީ ޖިމާޢުވުމުގައި ދަތިތަކެއް ހުރެ، ޑޮކްޓަރަށް ދައްކައިގެންވެސް ޙައްލުނުވެއްޖެނަމަ ދެން އޮތީ ދެމަފިރިން ވަކިވުމެވެ. ޖިމާޢު ނުވެވޭ ޙާލަތުގައިވެސް އަމިއްލަ އަށް އެދުން ފުއްދުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެންނަމަވެސް ފިރިމީޙާގެ އަތުން އަނބިމީހާގެ އެދުން ފުއްދައި ދިނުމަކީ ހުއްދަ ކަމެކެވެ. ހަމައެފަދައިން އަނބިމީހާގެ އަތުން ފިރިމީހާގެ އެދުން ފުއްދައި ދިނުމަކީވެސް ހުއްދަ ކަމެކެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް