އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ދައްކަންޖެހޭ ޓެކްސް ލޯނަށް އިތުރުކުރަން ނިންމައިފި

މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ދައްކަންޖެހޭ ޓެކްސް ލޯނަށް އިތުރުކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން އެ ޤައުމުގެ އައު ޓެކްސް ދެއްކުމަށް ލާޒިމުވާ ދަރިވަރުންނަށް، އެ ދަރިވަރެއްގެ އެދުމުގެ މަތިން ޓެކްސްގެ އަދަދު ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައިފިއެވެ.

މެލޭޝިޔާ ސަރުކާރުން ބޭރުގެ ދަރިވަރުންގެ އަތުން އައު ޓެކްހެއް ނަގަން ފަށާފައިވަނީ މިއަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ، ކޯހުގެ ފީގެ ގޮތުގައި 60,000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު އަދަދެއް ދައްކަވަންޖެހޭ ދަރިވަރުން، ވުޒާރާއަށް އީމެއިލް ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ލިންކުން ފޯމު ފުރިހަމަކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ، މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އައު ޓެކްސްގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކުން ދެރިވަރުންނަށް ލުއިގަނޑެއް ހޯދަދިނުމުގެ ގޮތުންނެވެ.

މެލޭޝިޔާގެ ސަރުކާރުން ބޭރުގެ ދަރިވަރުން ދައްކަން ޖެހޭ އައު ޓެކްހެއް ތަޢާރަފުކޮށްފައި މިވަނީ، އެ ޤައުމުގެ މާލީ ހާލަތު ހަރުދަނާކޮށް، ޓެކްސް ނެގޭ ދާއިރާތައް ފުޅާކޮށް، ދަޢުލަތުގެ އާމްދަނީ އިތުރު ކުރުމަށްކަމަށް އެ ޤައުމުގެ މާލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. މި އައު ޓެކްސް ތަޢާރަފުކުރީ މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލަކާއި ގުޅިގެންނެވެ.

މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށް ނިންމާފައިވާ މިކަމަށް، 1 ޖުލައި 2024 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މިގޮތުން، މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންވެސް މި ޓެކްސް ދައްކަންޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު