އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބައަކު ފަތުވާއަށް ބޭނުންވެފައިވާ މައްސަލަތައް ވަރަށް ތަފާތު!

ގިނަ ބައަކު ފަތުވާއަށް ބޭނުންވެފައިވާ މައްސަލަތައް ވަރަށް ތަފާތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައި އެންމެ ގިނަ ބައަކު ފަތުވާއަށް ބޭނުންވާ ކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރިބަވީ ބޭންތަކުން ކުރާ މުޢާމަލާތުތަކެވެ. އިސްލާމީ އެންމެ 2 ބޭންކު ހުރުމުން ބޭނުންތައް ނުފުދި މަޖުބޫރުވެގެން ރިބަވީ ބޭންކުތަކާއިއެކު ކުރަންޖެހޭ މުޢާމަލާތުތަކާއިމެދުގައެވެ. އިންޓަރެސްޓަކީ ރިބާކަމާއި ނުވަތަ ނޫންކަމާއިމެދުގައެވެ. 

ދެވަނަ އަށް އެންމެ ގިނަ ބައަކު ފަތުވާއަށް ބޭނުންވަނީ ހިލޭ އަންހެނުން ފިރިހެނުންގެ ގައި މޮޑެދީ ބަރަހަނާ ޙާލުގައި ކުރަމުން ގެންދާ ކަންތައްތަކާއިމެދުގައެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރެމުންދާތީއެވެ. ޚިދުމަތްދޭ އަންހެނުން މަހަކު ގިނަ ޢަދަދަކަށް ފައިސާ ހޯދަމުން ގެންދާތީ ޤައުމުގެ އިޤްޠިޞޯދުން ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ބޭރުވަމުންދާތީއެވެ.  

އިސްލާމް ދީނުގެ ޙުކުމްތަކާއި ތަޢާރަޟްވާ ގޮތަށް ޤާނޫނުތައް ހަދައި ތަންފީޒުކުރަމުންގެންދާ ކަމާއިމެދުވެސް ގިނަ ބައަކު ފަތުވާއަށް ބޭނުންވެއެވެ. 

ގިނަ ބައަކު އުންމީދުކުރަނީ މިޔުޒިކްއާއި ތަފާތު ޝޯތައް ބޭއްވުމާއިމެދު ފަތުވާއެއް ލިބުމުގެ ކުރިން ވީހާ އަވަހަކަށް މުޖުތަމަޢުގައި ހުރި މިފަދަ ބޮޑެތި މައްސަލަތަކަށް ޤުރްއާނާއި ސުންނަތުގައިވާ ޙުކުމް އެނގޭނެފަދަ ފަތުވާ ލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް