އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެންމެ ނަމާދެއް އެޅުމަކީ މައްސަލައެއް ނޫން ކަމަށާ ބައިވަރު މީހުން މާގިނަ ނަމާދު އަޅާ" ކަމަށް ވިސްނާ މީހާއަށް ސަލާމަތެއް ނުވެވޭނެ: މުފްތީ މެންކް

"އެންމެ ނަމާދެއް އެޅުމަކީ މައްސަލައެއް ނޫން ކަމަށާ ބައިވަރު މީހުން މާގިނަ ނަމާދު އަޅާ" ކަމަށް ވިސްނާ މީހާއަށް ސަލާމަތެއް ނުވެވޭނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ "އެންމެ ނަމާދެއް އެޅުމަކީ މައްސަލައެއް ނޫން ކަމަށާއި ބައިވަރު މީހުން މާގިނަ ނަމާދު އަޅާ" ކަމަށެވެ. އެގޮތަށް ވިސްނާ މީހުންނަށް ސަލާމަތެއް ނުވެވޭނެއެވެ. އެހެނީ އެއީ ސީދާ އިބިލީހުގެ ކިބައިން އަންނަ ވަސްވާހަކަށްވާތީއެވެ.

އެގޮތަށް ވިސްނާ މީހުން ފުރަތަމަ އަޅަން ފާށާނީ އެންމެ ނަމާދެކެވެ. ނަމަވެސް ދުވަސްކޮޅެއްވާއިރު ކުރެވޭނީ އެންމެ ނަމާދެކެވެ. މިއީ މިކަން ވަމުންދާ ގޮތެވެ. 

މީސްތަކުންނޭވެ! އެންމެ ނަމާދެއް އެޅުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާ ފަރުލު ކުރައްވަވާފައި ވަނީ 5 ނަމާދެވެ. 4 ނަމާދު  ނޫނީ 3 ނަމާދެއްވެސް ނޫނެވެ. 2 ނަމާދު ނޫނީ 1 ނަމާދެއްވެސް ނޫނެވެ. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.

ޙަޤީޤަތުގައި ފުރަތަމަ ބާވައި ލެއްވެވުނީ 50 ނަމާދެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ތަކުރާރުކޮށް އެދިވަޑައިގަތުމުން 5 ނަމާދަށް މަދުކޮށް ދެއްވަވައި އެ 5 ނަމާދުގައި 50 ނަމާދުގެ ސަވާބު ލައްވަވައި ދެއްވެވީއެވެ. ވީމާ އެއިން ހަމަ އެންމެ ނަމާދެއް މަދުކުރުމުގެ އެއްވެސް ބާރެއް ލިބިގެންވާ އެއްވެސް މީހަކު ނުހުންނާނެއެވެ.

ނިކަން ވިސްނައިބަލާށެވެ. ނަމާދު ފަރުޟު ކުރެއްވެވީ މިޢްރާޖެގެ ދަތުރުފުޅުގައެވެ. ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައި ކީރިތި ޤްރްއާން ބާވައި ލެއްވެވި ފަދައިން ނަމާދުވެސް ބާވައިލެއްވެވުނީހެވެ. ނަމަވެސް ސީދާ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވައި ނަމާދު ބާވައި ލެއްވެވީ އެކަމުގެ މުހިންމުކަން ކިހައި ބޮޑުވެފައި މަތިވެރިވީމައިކަން އެބަ އެނގޭ ނޫން ހެއްޔެވެ؟

ވީމާ އެންމެ ނަމާދެއް ނަމަވެސް ނުކޮށް ދޫކޮށް ނުލާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ބިރުވެތިވާށެވެ! ކިޔަމަންވާށެވެ! ކޮންމެ ދުވަހަކުވެސް 5 ނަމާދު ކޮންމެ ގޮތަކުން ނަމަވެސް އަދާކުރާށެވެ. ނަމާދަށް އިހްމާލު ވެއްޖެނަމަ  ތިބާއަށް ދެން ކުރެވޭ އެއްވެސް އަޅުކަމަކުން ތިބާއަށް އެއްވެސް ފައިދާއެއް ޢާޚިރަތް ދުވަހު ނުކުރާނެ ކަމަށް ބިރުވެތިވާށެވެ!

 

މުފްތީ މެންކްގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް