އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޑީކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަދައިފި

އައިޑީކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް އެކުންފުނިން ހަދައިފިއެވެ.

 

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަފްތާގައި ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވި މިކަންތައް ހަމަޖައްސައި، އާސަންދަ ކުންފުނިން މިއަދު ވަނީ ސާކިއުލާއެއް ނެރެފައެވެ.

 

އެކުންފުނިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޙިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އައިޑީކާޑަކީ އެމީހާގެ އައިޑީކާޑިކަން ކަށަވަރު ކުރުމަށްފަހު އެއައިޑީކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމްގެ ދަށުން ޙިދުމަތް ދިނުމަށް އަންގާ ކަމަށެވެ.

 

"ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެއްވެސް ހުރަހެއްނެތި ދިވެހި އެންމެހާ ރައްޔިތުންނަށް ޙިދުމަތް ދެވޭނެ ކަމަށް ދަންނަވަން" އާސަންދަ ކުންފުނިން މިއަދު ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

 

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ސިއްޙީ ޚިދުމަތް ހޯދުމުގައި އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ހެދުން ވަނީ ހިމަނާފައެވެ.

 

ވެރިކަމާއި ހަވާލުވެ ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ސޯލިހު ވަނީ އައިޖީއެމްއެޗް އަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންގެ ހާލުވެސް ބައްލަވާފައެވެ. އަދި ރައްޔިތުންނަށް ފަސޭހަ ވާނޭ ގޮތަށް ގިނަ ކަންތައްތަކެއް ހަމަޖެއްސެވުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ތާވަލު ވެސް ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ