އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދާއި ކާނަލް ނާޒިމް ބައްދަލު ކުރައްވައިފި

ރައީސް ނަޝީދާއި ކާނަލް ނާޒިމް ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ބައްދަލު ކުރައްވައިފިއެވެ.

 

ރައީސް ނަޝީދާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާ ކާނަލް ނާޒިމް މިއަދު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދާއި ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ގުޅޭގޮތުން އެދެބޭފުޅުން އުންމީދީ މަޝްވަރާތަކެއް ކުރައްވާފައިވާ ކަަމަށެވެ.

 

ކުރީގެ ރައީސް ނަޝީދާއި ކާނަލް ނާޒިމް، ދިގު މުއްދަތެއްގެ ޖަލު ބަންދުން މިނިވަންވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ސަރުކާރާއި ހަވާލުވެ ވަޑައިގަތް ފަހުންނެވެ.

 

އެގޮތުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު، ކާނަލް ނާޒިމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއު ކުރުމަށްވަނީ ޝަރީއަތް ފަށާފައެވެ. އަދި އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ކާނަލް ނާޒިމް މިނިވަން ކޮށްފައި ބެހެއްޓުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ