އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަނީ

މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް، ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ސަރުކާރުން މަސައްކަތްކުރަވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފް ކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންސާނީ ވަސީލަތުގެ ގޮތުން، ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.

އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ، ތަރައްޤީވުމުގައި، އިންޑިއާ އަދާކޮށްފައިވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަމަށާއި ވިޔަފާރީގެ ގޮތުން ވެސް ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތީ ވަރަށް ޒަމާންވީ، ވަރަށް ބަދަހި ގުޅުމެއްކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް