އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގުރައިދޫ ސްކޫލް ޕްރިންސިލަޕް ބަދަލު ކުރަން ބެލެނިވެރިން ނުކުމެއްޖެ!

ގުރައިދޫ ސްކޫލް ޕްރިންސިލަޕް ބަދަލު ކުރަން ބެލެނިވެރިން ނުކުމެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

ކ. ގުރައިދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ ބެލެނިވެރިން އެރަށު ސްކޫލު ދޮށަށް އިހުތިޖާޖަށް ނުކުމެއްޖެ އެވެ. 

މި އިހުތިޖާޖު ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ. މައުލޫމާތުލިބިފައިވާ ގޮތުން، އެރަށު ސްކޫލްގެ ބެލެނިވެރިން މި އިހުތިޖާޖު ކުރީ މިދިޔަ ހޯމަ ދުވަހު އެ ރަށު ސްކޫލަށް އާ ޕްރިންސިޕަލެއް އައްޔަން ކުރުމަށް ފަހު، އިއްޔެ އޭނާ ބަދަލު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. 

އެނގިފައިވާ ގޮތުން، އެޑުއުކޭޝަނުން އިއްޔެ އެ ރަށު ސްކޫލަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު ވެސް އެ ސްކޫލުގައި ހުރި ޕްރިންސިޕަލެވެ. އަދި ގިނަ ބެލެނިވެރިން އެ ޕްރިންސިޕަލްއާ ނުރުހެއެވެ. އެ މީހުން ބޭނުންވަނީ ޕްރިންސިޕަލް ބަދަލުކޮށް އައު ޕްރިންސިޕަލަކަށް ސްކޫލް ހަވާލުކުރާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް