އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނަރަކަ އާ ދިމާއަށް ކޮށްޕާ މީހުންނަކީ އެކުވެރިންނެއް ނޫން - އެންމެ ބޮޑެތި ދުޝްމިނުން!: މުފްތީ މެންކް

ތިބާ ނަރަކަ އާ ދިމާއަށް ކޮށްޕާ މީހުންނަކީ އެކުވެރިންނެއް ނޫން - އެންމެ ބޮޑެތި ދުޝްމިނުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އިސްލާމް ދީނުގައި އަޚުވަންތަކަމުގެ ބޭނުމަކީ އެކަކަށް ފާފައެއް ކުރެވޭ ނަމަ އެކަން ހުއްޓުވައި ނަރަކައިން ސަލާމަތް ކުރުވުމެވެ. އެކަމަށް އެހީތެރިނުވެ، ތިބާއަށް ކުރެވޭ ފަފާތަކާއިމެދު އަޅައި ނުލައި ހުރުމަކީ ތިބާ ނަރަކައަށް ދިއުމަށް އެހީތެރިވުމެވެ. ޚާއްޞަކޮށް ތިބާލައްވައި ފާފަ ކުރުވަން އުޅޭނަމަ، އެއީ ތިބާ ނަރަކަ އާއި ދިމާއަށް ކޮށްޕުވުމެވެ. އެފަދަ މީހުންނަކީ ތިބާގެ އެކުވެރިންނެއް ނޫނެވެ! އެއީ ތިބާގެ އެންމެ ބޮޑެތި ދުޝްމިނުންނެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ތިބާ ގޮވައިގެން އެކުވެރިއަކު ތަނަކަށް ހިނގައިދާނެއެވެ. ރެސްޓޯރަންޓެއް ފަދަ ތަނަކަށްވެސް ހިނގައިދާނެއެވެ. އެތަނުގައި ތިބާ އާއި ހިލޭ އަންހެނަކާއި ނުވަތަ ހިލޭ ފިރިހެނަކާއި އެކަހެރިވުމަށް ދޫކޮށްލާފައި އެކުވެރިޔާ ހިނގައްޖެނަމަ އެއީ ތިބާގެ އެކުވެރިއެއް ނޫނެވެ. އެއީ ދުޝްމިނެކެވެ. އެހެނީ އެކަމުގެ ތެރެއިން ކުރިފަޅައި ފާފައެއް ކުރެވުމުގެ ފުރުޞަތު އޮތީތީއެވެ! 

އެކުވެރިއަކަށް ފާފައެއް ކުރެވޭކަން އެނގިއްޖެނަމަ ނުވަތަ ފާފައެއް ކުރަން އުޅޭކަން އެނގިއްޖެނަމަ އެކަމަކަށް ހުރަސް އަޅަން ވާނެއެވެ. ވިސްނައިދޭންވާނެއެވެ! ވިސްނައި ދިނުމުގައި ބޭނުންކުރަން ވާނީ އޯގާތެރިކަމެވެ. ބަސްތައް ބުނަންވާނީ މަޑުމައިތިރި ކަމާއިއެކުގައެވެ. ހަރުކަށިކަން ބޭނުންކޮށްގެން ނުވާނެއެވެ. 

މީހަކަށް ކުރެވޭ ފާފައަކުން އެމީހާ ސަލާމަތްކޮށް ދިނުމަކީ ހާދަ މަތިވެރި އަޅުކަމެކެވެ. އެކަމަށްޓަކައި ސަވާބު ދެއްވަވާނެ މިންވަރު ލަފާކުރަންވެސް ނުއެނގޭނެއެވެ. އެކަމުގެ ސަބަބުން ތިބާގެ ހެޔޮ އަމަލުތަކުގެ ތިލަފަތް ބަރުވެގެންދާނެ މިންވަރު ޚިޔާލަށްވެސް ނުގެނެވޭނެއެވެ. 

މީހުން ފާފަކުރުމުން ސަލާމަތް ކުރުމަކީ ހަމަ އެކަނި ބޮޑެތި ޝައިޚުންނަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ. އެމީހަކަށް އެނގޭ މިންވަރަކުން އަދި ކުރެވެން އޮތް މިންވަރަކުން އެވާޖިބު އަދާކުރަންވާނެއެވެ.

ތިމާގެ އެއްވެސް ރައްޓެއްސެއްގެ ގާތުގައި ފާފަ ކުރުމަށް ހިތްވަރު ލިބޭ ފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އެއީ އެއްވެސް ކުށެއް ނޫން ކަމަށް ބަލައި ފާޑުފާޑުގެ ވާހަކަތައް ދައްކާ މީހުން ބައިވަރެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ތިބާ ދެއްކި ވާހަކައަކުން ހިތްވަރު ލިބިގެން މީހަކު ފާފައެއް ކޮށްފިނަމަ އެމީހާ އެކުރި ފާފައިގެ ބައެއް ތިބާގެ ބޮލުގައި އެޅޭނެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ދުރުހެލިވާން ޖެހޭނެ ކަންކަމެވެ.

މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް