އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ކުރާ ހުރިހާ ހެޔޮކަމެއް އެކަނިވާވަގުތު އަމިއްލަ އަތުން ޑިލީޓް ކުރާ މީހާ ކުރާ ހެޔޮކަމުން ކުރާނީ ކޮންފައިދާއެއް؟: ވައްހާޖް ތަރިން

ތިބާ ކުރާ ހުރިހާ ހެޔޮކަމެއް އެކަނިވާވަގުތު އަމިއްލަ އަތުން ޑިލީޓް ކުރާ މީހާ ކުރާ ހެޔޮކަމުން ކުރާނީ ކޮންފައިދާއެއް؟: ވައްހާޖް ތަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އިބިލީހުގެ މަސައްކަތްތައް މިހާރު ވަރަށް ލުއިވެއްޖެއެވެ. އަހަރެމެންނަކީ އެކަނިވާ ވަގުތުގައިވެސް އަހަރެމެންނަށް ކުރެވިފައިވާ ހެޔޮ އަމަލުތައް އަހަރެމެންގެ އަމިއްލަ އަތުގެ އިނގިލިތަކުން "ޑިލީޓްކުރަމުން" ގެންދާ ބައަކަށް ވުމުންނެވެ.

ގެއަށް ވަދެ ހަމަ ޖެހިލުމަށްފަހު އިށީންނަނީ ޓީވީ ކުރިމަތީގައެވެ. ރިމޯޓް ނަގައި ފިތްތަކަށް ފިތާލުމަށްފަހު ބަލަނީ ޙަރާމް ކުރެއްވެވި ކަންކަމެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވާތަނާއި އެހެން ދީންތަކަށް އަޅުކަންކުރާ ތަނެވެ. އަޑުއަހަނީ މިޔުޒިކެވެ.

ދެން ވަންނަނީ ކޮޓަރިއަށެވެ. ކޮޓަރީގައި އެކަނިވުމަށްފަހު ލެޕްޓޮޕް ހުޅުވައިގެން ބަލަނީ އަދި މާގޯސް މަންޒަރުތަކެވެ. ކަނޑައެޅިގެން ބެލުން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ މަންޒަރުތަކެވެ. އެވަރުން ފުދެނީއެއް ނޫނެވެ. ނިދެންދެން އޮންނަނީ ފޯނުން އެފަދަ މަންޒަރުތައް ބަލާށެވެ. ފިލްމްތަކާއި ފޮޓޯތަކެވެ. ދައްކަނީ ޙަރާމް ވާހަތަކެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެދުވަހު ތިބާ ނަމާދުކުރިކަމަށްވެސް ވެދާނެއެވެ!

ޞަދަޤާތްދީ އެނޫންވެސް ހެޔޮ އަމަލުތައްވެސް ކުރި ކަމަށްވެދާނެއެވެ. ނަމަވެސް ދުވަސް ނިމިގެން މިދިއައީ ކިހިނެއްހެއްޔެވެ؟ ކުރި ހުރިހާ ހެޔޮ އަމަލުތަކެއް އެމީހެއްގެ އަމިއްލަ އަތުން ޑިލީޓްކޮށްގެން ނޫން ހެއްޔެވެ؟ ތިބާ ކޮޓަރީގައި އޮތީ އެކަނި ކަމަށްވެދާނެއެވެ. ނަމަވެސް ތިބާގެ އަމަލުތައް ލިޔުއްވަވާ މަލާއިކަތުން އެބޭކަލުންގެ މަސައްކަތްތައް ބަރާބަރަށް ކުރައްވަމުން ގެންދަވާނެއެވެ.

ބެލިހައި ތަނަކާއި އަޑު އެހިހައި އެއްޗަކާއި ދެއްކި ވާހަކަތަކެއް ހަމަ ބަރާބަރަށް ލިޔުއްވަމުން ގެންދަވާނެއެވެ. އަދި ތިބާ އެހުރިހާ ކަމެއް ކުރަމުން ގެންދިއައިރު ﷲ ތަޢާލާ ހަމަވަގުތުން އައްސަވައި ވޮޑިގެން އަދި ބައްލަވައި ވޮޑިގެންވެއެވެ. ވީމާ އެއްވެސް މީހަކަށް އެކަހެރިވެވޭ ވަގުތު ތިމާއަށް މިހުރެވެނީ އެކަނި ކަމަށް ހީނުކުރާށެވެ!

 

ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައް ފަދަ ގިނަ އަދަދުތަކަށް އަޅުކަމުގެ ފުނިތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭ އެފަދައިން ދުނިޔޭގައި އުޅުނު މީހުންނަށް ނަރަކައަށް ދާންޖެހެނީ މިފަދަ ސަބަބުތަކާއިހުރެއެވެ. މީހުންގެ ހައްޤުތަކަށް އަރައިގަތުމުން ދޭންޖެހޭ ބަދަލުގެ ސަބަބުންނާއި ތިމާއަށް ކުރެވިފައި ހުންނަ ފާފަތަކުގެ ސަބަބުންނެވެ. އަޅައި ކެނޑުމުން ބާކީ ނެތި ހުސްވެގެންދާތީއެވެ. އަދި ކުރެވިފައިވާ ފާފަތައް އިތުރުވެ އިތުރަށް ވެސް އަޒާބު ލިބެންޖެހޭތީއެވެ.

މިހާލަތުން ސަލާމަތްވުން އޮތީ އެމީހެއްގެ އަމިއްލަ އަތްމަތީގައެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވުމަށް ގަދައަޅައި ގަދައަޅައި ވަޞިއްޔަތް ކުރަމެވެ.

ރަސޫލް ޒަމާނުގައި އުޅުއްވެވި 50 ޞަޙާބީންނަށްވުރެ ފަހުން އުޅޭ އެންމެ މުސްލިމެއްގެ ހެޔޮކަން ބޮޑުވާނެ ކަމަށް ރަސޫލް (ޞޢވ) ބަޔާން ކުރެއްވެވި ދުވަސް މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ. މިހައި ފަސޭހައިން ފާފަތައް ކުރެވެން ހުރިއިރު ވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ފާފައަކަށް އަރައި ނުގަންނާށެވެ! ﷲ ތަޢާލާ އެކަމަށް ދެއްވަވާނެ މަތި ސަވާބަށް އެދޭށެވެ!

--އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް