އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރީ ފީ އާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 197.9 މިލިއަން ރުފިޔާ ލިބިފައި ނުވާކަމަށް މީރާއިން ބުނެފި

އަހަރީ ފީ އާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 197.9 މިލިއަން ރުފިޔާ ލިބިފައި ނުވާކަމަށް މީރާއިން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

2018 ވަނަ އަހަރުގެ ނިޔަލަށް 7,089 ކުންފުންޏަކުން އަހަރީފީއަދި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާއާއި، އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.  

ކުންފުނީގެ އަހަރީފީގެ އިތުރުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިކަމުގައި ވިޔަސް ޤާނޫނުގައި ވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭކަމަށާއި، އެކަން ނުކުރެވިއްޖެނަމަ ޤާނޫނުގެ ދަށުން ޖޫރިމަނާ ވާކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަނޑައެޅިފައިވާގޮތުން ކުންފުންޏެއް ޓެކްސްދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމުންކަމަށް ވެސް މީރާއިން ހާމަކުރެއެވެ.

އެހެންކަމުން، ވިޔަފާރި ނުކުރާ، އުވާލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮންޕެނީޒްއަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މީރާއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އަމިއްލަ ފަރުދުން މީރާގައި ރަޖިސްޓަރީ ކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމާ ގުޅޭގޮތުން 2017 ވަނަ އަހަރުތެރޭގައި މީރާއިން ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް، ޓެކުހާގުޅޭ ޤާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާތީ، މި ލުއިތަކެއް ކުންފުނިތަކަކަށް ރައްދެއް ނުވެއެވެ. ނަމަވެސް ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާގުޅޭގޮތުން ދެވިފައިވާ ލުއިތަކަކީ ކުންފުނިތަކަށްވެސް ރައްދުވާ ލުއިތަކެއް ކަމުގައި މީރާއިން ހާމަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު