އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، ދިރާގުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލަނީ

ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، ދިރާގުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ކަމަށްވާ ދިރާގުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، އެކުންފުނީގެ ބައެއް ޚިދުމަތްތައް އަންނަ ބުރާސްފަތި ދުވަހު މެދުކަނޑާލުމަށް ނިންމައިފިއެވެ. 

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެމުއްދަތުގައި ވެސް އެއްވެސް މެދުކެނޑުމެެއްނެތި ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް ކޯލްތައް ކުރެވޭނެ ކަމަށް ދިރާގުން ނެރުނު ބަޔާނުގައިވެ އެވެ.

ނަމަވެސް ބައެއް ސަޕޯޓް ސިސްޓަމް ގެ ޚިދުމަތްތައް އެމުއްދަތުގައި ނުލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ބިލުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެމުއްދަތުގައި މެދުކެނޑޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދިރާގުން ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަސް ނިމުމާއި ހަމައަށް ބައެއް ޗެނަލްތަކުގެ ޚިދުމަތްތައް ވެސް މެދުކެނޑޭނެ ކަމަށެވެ. 

އެގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނާ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ އަދި ސެފްލް ކެއާ ޗެނަލްސްތަކުގެ ޚިދުމަތް އެ މުއްދަތުގައި ކެނޑޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ