އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރްސީ ގެ ތަހުގީގުން އިތުރަށް ހާމަކުރެވޭނެ މިންވަރާއިމެދު އޭސީސީން ވިސްނަނީ

އެމްއެމްޕީއާރްސީ ގެ ތަހުގީގުން އިތުރަށް ހާމަކުރެވޭނެ މިންވަރާއިމެދު އޭސީސީން ވިސްނަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ ތަހުގީގުން ދެން އިތުރަށް ހާމަ ކުރެވޭނެ މިންވަރާއިމެދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވިސްނައި އެކަންކަމާއިމެދު މަޝްވަރާ ކުރަން ފަށައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައިސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި މިހާރު ހާމަކޮށްފައިވަނީ އާންމު އުސޫލުގެ ތެރެއިން ހާމަކުރާ މިންވަރު ކަމަށެވެ.

"މިހާރު އެމައްސަލައިގައި ހާމަކޮށްފައިވާ އެވަނީ އުސޫލެއްގެ ގޮތުން އެހެން މައްސަލަތަކުގައިވެސް މިކޮމިޝަނުން ހާމަކުރާ މިންވަރަށް" މުއައްވިޒް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމްއެމްޕީއާރްސީ ގެ މައްސަލައަކީ އާދަޔާ ޚިލާފު ބޮޑު މައްސަލައަކަށްވެފައި އެކަމުގެ މައުލޫމާތު އާންމުން ބޭނުންވާތީ އެކަމާއިމެދު އޭސީސީގެ މެންބަރުން ދަނީ މަޝްވަރާ ކުރަމުން ކަމަށް ވެސް އެކޮމިޝަންގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މުއައްވިޒް ވިދާޅުވީ، އެމްއެމްޕީއާރްސީ ގެ ތަހުގީގު ސިއްރު ކުރުމުގެ ވިސްނުމެއް އޭސީސީން ނުގެންގުޅޭ ކަމަށެވެ. 

"އަޅުގަނޑުމެން އެއްވެސް މައުލޫމާތެއް ސިއްރެއް ނުކުރަން. ފުލުހުންނަށާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް މިހާރު ހުންނާނީ އެހުރިހާ މައުލޫމާތުތަކެއް ފޮނުވާފަ" އޭސީސީގެ ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ