އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހުން ތައުބާވާން ނިޔަތް ގަނެގެން ފާފަކުރުންމަތީގައި ދެމިހުރުމަކީ މުނާފިޤަކަށްވުމުގެ ބިރު ވަރަށް ބޮޑަށް އޮތްކަމެއް!: މުފްތީ މެންކް

ފަހުން ތައުބާވާން ނިޔަތް ގަނެގެން ފާފަކުރުންމަތީގައި ދެމިހުރުމަކީ މުނާފިޤަކަށްވުމުގެ ބިރު ވަރަށް ބޮޑަށް އޮތްކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އަހަރެމެން އެންމެންނަކީވެސް ހަމަ އިންސާނުންނެވެ. ކުށް ކުރެވޭނެއެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަރެމެންނަށް އޮތީ ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ. ތައުބާވުމަށް 4 ކަމެއް ފުރިހަމަކުރަން ޖެހެއެވެ. އެއީ، ކުށް ޤަބޫލުކުރުމާއި ކުރެވުނު ކުށާއިމެދު ދެރަވެ ހިތާމަކުރުމާއި އަލުން ކުށް ތަކުރާރު ނުކުރަން ވަޢްދު ވުމާއި ތައުބާ ޤަބޫލުފުޅު ކުރެއްވެވުމަށް އެދި ދެންނެވުމެވެ. ފާފައަކީ ހަމައެކަނި ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދުގައި އޮތް ކަމެއް ނަމަ ﷲ ތަޢާލާ ހަމަ ވަގުތުން ފުއްސަވައި ދެއްވަވާނެތެވެ. 

މާނައަކީ މީހަކަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމާއި މީހެއްގެ ޙައްޤަކަށް އަރައިގަތުން ފަދަ ފާފަތައް ފިޔަވައި ތިބާ އާއި ﷲ ތަޢާލާ ޢާއިދެމެދުގައިވާ ފާފަތަކެވެ. ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް މިބުނަނީ އަހަރެންނަށް ލިބިފައިވާ ބާރަކުން ނޫނެވެ. ފާފައެއް ކުރެވުނު ނަމަވެސް ކުރިން ބަޔާންކުރި 4 ކަންތަކާއިއެކު ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާތީއެވެ. 

ފަފައެއް ކުރެވުމުން އެންމެ ފަހަރަކު ތައުބާވުމަކުން ނުފުދެއެވެ. ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ. އަދި އެނގިގެން ފާފައެއް ނުކުރެވުނު ނަމަވެސް އަބަދުވެސް ހުންނަން ވާނީ ތައުބާވުންމަތީގައެވެ. ގިނަގިނައިން ތައުބާވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވުމަކީ ﷲ ތަޢާލާގެ ޙަޒްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. 

އަދިވެސް ވިސްނާށެވެ! މި ފާފަކޮށްލާފައި ތައުބާވާނީ ކަމަށް ހިތަށް އަރުވައިގެން ފާފަ ކުރުމަކީ ވަރަށް ނުރައްކައުތެރި އަދި ބިރުވެރި ކަމެކެވެ. އެހެނީ ފާފަ ފުއްސަވާނެކަމުގެ ޔަޤީންކަން ލިބޭނެ އެއްވެސް ގޮތެއް ނެތުމެވެ. އަދި ފާފަ ނުފުއްސަވައިގެން އުޅެނިކޮށް، ތައުބާވެސް ނުވެވިގެން އުޅެނިކޮށް މަރުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. 

އަދިވެސް އިތުރަށް ވިސްނައިލަންޖެހޭ ވަރަށް ބޮޑު މައްސަލައެއް އެބަ އޮތެވެ. އެއީ ތައުބާވުން ލަސްކޮށްފިނަމަ މަރުގެންދަވާނީ އިސްލާމެއްގެ ގޮތުގައިކަމާއިމެދުގައެވެ. ތައުބާ ނުވެވި ހުއްޓައި ކާފިރެއްގެ ގޮތުގައި މަރުގެންދަވައިފިނަމަ ޤިޔާމަތް ދުވަހު ކުރިމަތިވާނެ ޙާލަތަށް ވިސްނައި ބިރުވެތިވާށެވެ! މިކަންކަމުގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. 

އިސްލާމެއްގެ ގޮތުގައި ނޫނީ މަރުނުވުމަށް ﷲ ތަޢާލާ ވަނީ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވައިފައެވެ. މިކަމުން ވެސް އެނގޭ ކަމަކީ އަހަރެމެންނަށް ފާފައެއް ކުރެވުނު ނަމަވެސް ވަގުތުން ތައުބާވުމަށް އަވަސްވެގަންނަން ޖެހޭނެ ކަމެވެ. މަރުވާނެ ވަގުތު ނުއެނގޭތީއެވެ. 

އަދިވެސް ބުނަމެވެ. މިބުނަނީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއްގެ ވާހަކައެވެ. އުމުރުގެ ފަހުކޮޅަށް ދިއުމުން ތައުބާވެ ހެޔޮ އަމަލުކުރަން ހުރެއްޖެނަމަ އެމީހަކީ މުނާފިޤަކަށްވުމުގެ ބިރު ވަރަށް ބޮޑެވެ. މިސާލަކަށް އުމުރުގެ ބޮޑުބައި ފާފަކުރުމަށް ދުއްވައިލުމަށްފަހު ތައުބާވާން ނިޔަތް ގަނެގެން ފާފަފަކުރުންމަތީގައި ހުންނަ މީހާގެ އޮންނާނީ ކޮން އީމާންކަމެއް ހެއްޔެވެ؟ މިއީ ހަމަ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ. އެފަދަ މީހުންގެ ތެރޭގައި ހިމެނި މުނާފިޤަކަށް ނުވުމަށް ގަދައަޅައި ވަޞިއްޔަތް ކުރަމެވެ. އިލްތިމާސް ކުރަމެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް