އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤްރައާނަށް އަމަލު ނުކުރާ މީހާ ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ ކަނުމީހެއްގެ ގޮތުގައިކަން ޤްރްއާނުން ސާބިތު! އެދުވަހު ދެއްކޭނީ ކޮން ބަހަނާއެއް؟

ޤްރައާނަށް އަމަލު ނުކުރާ މީހާ ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ ކަނުމީހެއްގެ ގޮތުގައިކަން ޤްރްއާނުން ސާބިތު! އެދުވަހު ދެއްކޭނީ ކޮން ބަހަނާއެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

މުޞީބާތެއް ނުވަތަ މުޞީބާތާތްކެއް ކުރިމަތި ނުވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ތަފާތަކީ މުޞީބާތާއި އެމީހަކު ކުރިމަތިލާ ގޮތެވެ. ވީމާ ކޮށްލަން ބޭނުންވާ ސުވާލަކީ މުޞީބާތެއް ކުރިމަތިވުމުން ކަންބޮޑުވެގެން ދެކޮޅަށް ދުވާއިރު މާބޮޑެތި މުޞީބާތްތައް ކުރިމަތިވުމުން ވެސް އުފަލުގައި ހެވިފައި ތިބޭ މީހުން ފެނުމުން ލަދެއް ނުގަނޭހެއްޔެވެ؟ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ހަޟްރަތުންކަމާއި އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫންކަން އެނގޭއިރުވެސް މެއެވެ. 

އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިގެންދާނެ މުޞީބާތެއް ނޫންކަމަށް ބުނުމުން ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. މިސާލަކަށް ގުނަވަނެއް ކަނޑާލަން ޖެހުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ވާނީ ދާއިމީ ކަމަކަށް ކަމަށް ވިސްނައިގެންނެވެ. ބުނެލަން ޖެހެނީ އެއީވެސް ދާއިމީ މުޞީބާތެއް ނޫން ކަމަށެވެ. ސަބަބަކީ މަރުވުމުން އެކަން ނިމިގެނަދާ ކަމެވެ. 

ދާއިމީ މުޞީބާތަކަށްވާނީ އެމީހަކު ކުރާ ފާފައިގެ ސަބަބުން އާޚިރަތް ދުވަހު ގިލަންވެރިކަމެއް ކޮނޑުއަޅައިގެން އުޅެން ޖެހިއްޖެ މީހަކަށް މަޙްޝަރު ދުވަހު ކުރިމަތިވާ މުޞީބާތެވެ! ވީމާ ބިރުގަނެ ޖެހިލުންވާންޖެހޭނީ ތިމާއަކީ އެފަދަ މީހަކަށްވެދާނެ ކަމާއިމެދުގައެވެ. 

ހަމައެކަނި ޠާހާ ސޫރަތުގެ މި 2 އާޔަތަށް ބަލައިލިނަމަވެސް މިބުނާ ބަހުގެ ހެކި ފެންނާނެއެވެ. "އަދި ތިމަންރަސްކަލާނގެ (ބާއްވަވައިލެއްވެވި) ޤްރައާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން، އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަހްޝަރަށް ފޮނުއްވަވާ ހުށީމެވެ. (124) އެމީހާ ދަންނަވާނެތެވެ. އަޅުގެވެރި ރަސްކަލާކޮ! ކަނު މީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ހަމަކަށަވަރުން ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާ ވީމެވެ. (125) އެކަލާނގެ ވަޙީ ކުރައްވަވާނެތެވެ. ހަމައެފަދައިން ތިމަން ރަސްކަލާނގެ އާޔަތްތައް ކަލެއާއި ހަމައަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާންނައްތައިލެވޭނެތެވެ. (އެބަހީ ﷲ ގެ ރަޙްމަތްފުޅުން މަޙްރޫމް ކޮށްލެވޭނެތެވެ!) (126) 

ބިރުވެތިވާންވީ ޖެހިގެން އޮތް ޢާޔަތަށެވެ. ﷲ ތަޢާލާގެ އިންޒާރުގެ ބަސްފުޅަށެވެ. "އަދި (އުރެދުމުގައި) ހައްދުފަހަނައަޅައި ގޮސް، އަދި އޭނާގެ ވެރި ރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވި މީހާއަށް، ތިމަން ރސްކަލާނގެ ޖަޒާ ދެއްވަވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. ދެމިހުރުން މާބޮޑުމެއެވެ." (127) 

ކީރިތި ޤްރްއާނަށް އަމަލު ނުކުރުމުގެ ޙުކުމް މިހައި ސާފުކޮށް ކީރިތި ޤްރްއާނުން އެނގެން އޮތްއިރު ވެސް އަހަރެމެންގެ ތެރެއިން ބައަކު މިކުރާ ކަމަކީ ކީރިތި ޤްރްއާނަށް އީމާނަވާކަމަށްބުނެ އެމީހަކު އަމަލުކުރަން ބޭނުންވާ ބައިތަށް ނަގައިގެން ޢަމަލުކުރުމެވެ. ބޭނުން ނުވާ ބައިތަކަށް އަމަލު ނުކުރަނީއެވެ. ތަފާތު ބަހަނާތައް ދައްކަނީއެވެ. ﷲ ގަންދީ ބުނަމެވެ! އެދުވަހުން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އަދި ކީރިތި ޤްރްއާނަށް ފުރިހަމައަށް ޢަމަލުނުކޮށް ކީރިތި ޤްރްއާނުގެ ބައިކުޅަ ބައަށް ޢަމަލު ކުރުމަކީ ކީރިތި ޤްރްއާނަށް އަމަލުކުރުން ކަމަށްވެސް ނުހެދޭނެމެއެވެ!

އިސްލާމީ ތިލަފަތުގެ ފަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް