އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ފުރަތަމަ ހޮރޯ ކޮމެޑީ "ފޯޓީ ޕްލަސް" ޕްރިމިއާރ ކޮށްދެއްވާނީ ރައީސް މައުމޫން!

ރާއްޖޭގެ ފުރަތަމަ ހޮރޯ ކޮމެޑީ "ފޯޓީ ޕްލަސް" ޕްރިމިއާރ ކޮށްދެއްވާނީ ރައީސް މައުމޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ރާއްޖޭގެ ސިނަމާތަކަށް އަންނަ ފުރަތަމަ ހޮރޯ ކޮމެޑީ "40 ޕްލަސް" މިރޭ ޕްރިމިއާރ ކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށް އެފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދީފިއެވެ.

 

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤް ވިދާޅުވީ، "40 ޕްލަސް" ގެ ޕްރިމިއާރ ނައިޓް ރައީސް މައުމޫން ޝަރަފުވެރި ކޮށްދެއްވާއިރު ފިލްމު ޕްރިމިއާރ ކޮށްދެއްވާނީ ވެސް އެމަނިކުފާނު ކަަމަށެވެ. އަދި ރައީސް މައުމޫންގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާރ ގެ އިސްވެރިންނަށް ވެސް މިރޭގެ މިޚާއްސަ ޚަފްލާއަށް ދައުވަތު ދެއްވާފައިވާ ކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗާރ ޔުމްނާ މައުމޫން ވެސް ހިމެނި ވަޑައިގަންނަވައެވެ.

 

         

 

"40 ޕްލަސް" އަކީ ޔޫއްޕެ ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަޓެއިންމެންޓުން އުފެއްދި ފިލްމެކެވެ. މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކޮށް އިސްމާއިލް ޝަފީޤް ޕްރޮޑިއުސް ކުރި މިފިލްމަކީ 2017 ވަނަ އަހަރު އެޕްރޮޑަކްޝަން ޓީމުން އުފެއްދި ކާމިޔާބު ކޮމެޑީ "ނޯޓީ ފޯޓީ" ގެ ދެވަނަ ބައެވެ.

 

ފިލްމު މިރޭ ޕްރިމިއާރ ކުރާއިރު އުފެދޭ ސުވާލަކީ، މިފިލްމު ބަލާފައި މީހުން ހޭނީތޯ، ނުވަތަ ބިރު ގަންނާނީތޯ އެވެ. ހަމަ ޔަގީނުން ވެސް "40 ޕްލަސް" ގެ ޓްރެއިލާރ ވަނީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމު ގޮސްފައެވެ.

 

އެނގިފައިވާ ގޮތުގައި ނޯޓީ ފޯޓީ ފަދައިން، މިފިލްމުގައި ވެސް ވަރަށް ގިނަ ތަރިން ހިމެެނެއެވެ. ލީޑް ރޯލުތަކުން އަޙުމަދު ސައީދު، ޔޫސުފް ޝަފީޢު (ޔޫއްޕެ)، އަލީ ސީޒަން، މުޙައްމަދު މަނިކު ގެ އިތުރުން ފާތިމަތު އަޒީފާ (އަޒޫ)، ޝިލާ ނަޖީބު އަދި އަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް ޝަކީލާ ގެ އިތުރުން އަލީ ޝާހިދު ވެސް ފެނިގެންދާނެއެވެ. އަދި މިދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ފަސް ތަރިން ވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ