އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑަކީ ވެސް އުމުރުޅުން 40 ޕްލަސް ވެފައިވާ މީހެއް، އެހެންކަމުން އަޅުގަނޑާއިވެސް މިފިލްމު ގުޅޭނެ: ރައީސް މައުމޫން

އަޅުގަނޑަކީ ވެސް އުމުރުޅުން 40 ޕްލަސް ވެފައިވާ މީހެއް، އެހެންކަމުން އަޅުގަނޑާއިވެސް މިފިލްމު ގުޅޭނެ: ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޔޫއްޕެ ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަޓެއިންމެންޓް ގުޅިގެން އުފެއްދި ހޮރޯ ކޮމެޑީ "40 ޕްލަސް" މިރޭ ޕްރިމިއާރ ކޮށްފިއެވެ. 

ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށް އިސްމާއިލް ޝަފީޤް ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ޕްރިމިއާރ ކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެވެ. 

"40 ޕްލަސް" ޕްރިމިއާރ ކޮށްދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އުމުރުފުޅުން 80 އަހަރު ފުރިފައިވުމުން އޭގެ މާނައަކީ އެމަނިކުފާނަކީ ވެސް "40 ޕްލަސް" ގެ މީހެއް ކަމަށާއި އެހެންކަމުން މިފިލްމު އެމަނިކުފާނާއި ވެސް ގުޅޭ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ހޮރޯ ކޮމެޑީ "40 ޕްލަސް" ޕްރިމިއާރ ކުރުމުގެ ޚަފްލާގައި ރައީސް މައުމޫންގެ އިތުރުން މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗާރ އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

"40 ޕްލަސް" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ނޯޓީ ފޯޓީ" ގެ ދެވަނަ ބައެވެ.

ނޯޓީ ފޯޓީ ފަދައިން، މިފިލްމުގައި ވެސް ވަރަށް ގިނަ ތަރިން ހިމެެނެއެވެ. ލީޑް ރޯލުތަކުން އަޙުމަދު ސައީދު، ޔޫސުފް ޝަފީޢު (ޔޫއްޕެ)، އަލީ ސީޒަން، މުޙައްމަދު މަނިކު ގެ އިތުރުން ފާތިމަތު އަޒީފާ (އަޒޫ)، ޝިލާ ނަޖީބު އަދި އަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް ޝަކީލާ ގެ އިތުރުން އަލީ ޝާހިދު ވެސް ފެނިގެންދާނެއެވެ. އަދި މިދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ފަސް ތަރިން ވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ