އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބޭނެ ޘަވާބުގެ މިންވަރު ވަޒަންވެސް ނުކުރެވޭނެ 3 ގަޑިއިރު

ލިބޭނެ ޘަވާބުގެ މިންވަރު ވަޒަންވެސް ނުކުރެވޭނެ 3 ގަޑިއިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އެ 3 ގަޑިއިރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުން މާތްﷲ މިންވަރު ކުރައްވަވާނެ ޘަވާބުގެ މިންވަރު ވަޒަން ވެސް ނުކުރެވޭނެ 3 ގަޑިއިރެއް ވެއެވެ. ޚާއްޞަކޮށް ރޯދަވެރިންނަށެވެ. 

ފުރަތަމަ ސާޢަތަކީ ރޯދަވީއްލުމުގެ 1 ގަޑިއިރު ކުރިއެވެ. ރޯދަވެރިންގެ ދުޢާ ﷲ އިޖާބަ ކުރައްވަވާނެތެވެ. ޚާއްޞަކޮށް ރޯދަ ވިއްލާ ވަގުތު ކުރާ ދުޢާއެވެ. އެހެން ކަމުން އެހެން މަސައްކަތްތަކާއި މުނިފޫހި ފިލުވުމާއި ބުރުޖެހުން ދޫކޮށް އެ ސާޢަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމެވެ.

ކުރަންވީ ކަމަކީ ވީހައި ގިނަ ދުޢާތަކެއް ޖަމާކޮށް އެ ވަގުތުގައި ދޫޢާކުރުމެވެ. ﷲއަށް ދެންނެވުމެވެ. ފާފަ ފުއްސެވުމަށާއި ﷲގެ ހެޔޮ ރަޙްމަތް ފުޅަށް އެދިއެވެ. އެމީހަކަށް ބޭނުންވެފައިވާ އެންމެހައި ކަންކަމަށް އެދިއެވެ. އެމީހެއްގެ އާއިލާއަށާއި ލޯބިވާ އެންމެންގެ މައްޗަށް ތަކުރާރުކޮށް ހެޔޮ ދުޢާ ކުރާށެވެ. އެއީ ދުޢާ އިޖާބަކުރެއްވެވުމުގެ ވަގުތެވެ. 

ދެވަނަ ސާއަތަކީ ފަތިސް ނަމާދަށް ބަންގި ގޮވުގެ ކުރިއަށް އޮތް ސާޢަތެވެ. އެސާއަތް ހިމެނިގެންދާނީ ރޭގަނޑުގެ 3 ބައިގެ ތެރެއިން ފަހު ބައިގައެވެ. އެ ވަގުތަކީ މާތްﷲ ދުނިޔެއާއި ކައިރިއަށް (ބިމުގެ އުޑަށް) ކުއްތަންވެވޮޑިގަންނަވާ (ތަޖައްލީވެވޮޑިގަންނަވާ) ވަގުތެވެ. "ތިމަން ﷲގެ އަޅުތަކުންގެ ތެރެއިން ފާފަ ފުއްސެވުމަށާއި ތިމަން ﷲގެ ރަޙްމަތަށް އެދެނީ ކޮން ބައެއްތޯ؟" މާތްﷲ ސުވާލު ކުރައްވަވާ ވަގުތެވެ. މީސްތަކުންގެ ދުޢާ އިޖާބަ ކުރައްވަވައި ބޭނުންތައް ފުއްދަވައި ދެއްވަވާ ވަގުތެވެ. 

އެހެންކަމުން އެ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތް ކުރާށެވެ. 

3 ވަނަ ސާއަތަކީ ފަތިސް ނަމާދަށްފަހު ވިދިގެން އަންނަ ސާޢަތެވެ. އެއީ ވެސް ﷲގެ ރަޙްމަތުން ފުރިގެންވާ ސާއަތެކެވެ. ފަތިސް ނަމާދަށްފަހު ނިދަން ނުއޮށޯންނާށެވެ. މިސްކިތުގައި ނުވަތަ ނަމާދުކުނާމަތީގައި މަޑުކުރާށެވެ. ކީރިތި ޤްރްއާން ކިޔެވުމާއި ޛިކުރު ކުރުމުގައެވެ. މާތްﷲ އަށް ދުޢާކުރުން މަތީގައެވެ. 

ފަޠިސް ނަމާދު ޖަމާއަތުގައި ކުރުމަށްފަހު ހެޔޮ އަމަލުތައް ކުރުންމަތީގައި މިސްކިތުގައި އިރުއަރަންދެން މަޑުކޮށް ޟުޙާ ނަމާދު ކޮށްފި މީހަކަށް ޢުމުރާއެއްގެ ޘަވާބު ﷲ ވަނީ މިންވަރު ކުރައްވަވައިފައެވެ. 

އަންހެނުންނަށް މޮޅު އިތުރީ ގޭގައި ނަމާދުކުރުން ކަމަށްވާއިރު މި ވަގުތުގެ ބޭނުން ﷲ އެންގެވި ގޮތުގައި ހިފައިފިނަމަ އުމުރާއެއްގެ ޘަވާބު ނުލިބިއެއް ނުދާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް