އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިސްކޯފު އެޕް އާއި ގުޅިގެން ދިރާގުން ރޯދަ މަހަށް ޚާއްސަކޮށްގެން މަދަހަ އަލްބަމެއް ނެރެފި

ބައިސްކޯފު އެޕް އާއި ގުޅިގެން ދިރާގުން ރޯދަ މަހަށް ޚާއްސަކޮށްގެން މަދަހަ އަލްބަމެއް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ސްމާޓް ފޯނުތަކަށް ހާއްސަ ބައިސްކޯފު އެޕް އާއި ގުޅިގެން ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން މަދަހަ އަލްބަމެއް ނެރެފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "އާލަމް" ނަމަކަށް ކިޔާ މިއަލްބަމު ވަނީ ނެރެފައެވެ.

ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު އީސާ ޝަރީފު އާއި އާދަމް ނަސީރު އިބްރާހީމް އަދި އިއްޒަ އަހުމަދު ނިޒާރު މިއަލްބަމްގެ ޅެންތަށް ހަދާފައިވާއިރު މަދަހަތަށް ކިޔާފައިވަނީ މުމްތާޒު، ރާއިޔަތު ރަމީޒާ، އަޝްފާ، ފާތުމަތު ރައޫފް، ސައިނާ އަދި ހާމިދު ނިޝާން އެވެ. 

ބައިސްކޯފުގެ ކްރިއޭޓިވް ޑިރެކްޓަރު އަބްދުﷲ ހާފިޒު ވިދާޅުވީ، މިއަލްބަމް ހަދާފައިވަނީ ރޯދަމަސް ފެށުމުފަހުން ކަމާށާއި މިއަދުން ފެށިގެން ބައިސްކޯފު އެޕުން މިއަލްބަމްގެ މަދަހަތައް އަޑުއެހޭނެއެވެ.

މިއަލްބަމުގައި ހިމެނޭ މަދަހަތަކުރެ ރާގުތަށް ނަގާފައިވަނީ އެކިއުމުރުފުރައިގެ މީހުންނަށް ރީތިވާނެ ރާގުތަށް ކަމަށާއި މިއަލްބަމްގައި މުޅިއަކު 8 މަދަހަ ހިމެނޭނޭއިރު މިމަސަތްކަތަށް ހޭދަވެފައިވަނީ 10 ދުވަހުސް ކަމަށް އީސާ ޝަރީފު ވިދާޅުވިއެވެ.

މިހާރު ވެސް ބައިސްކޯފުން 100 އަށް ވުރެ މަދަހަ އަޑުއަހާލެވޭއިރު ދިރާގު ކަސްޓަމަރުންނަށް 69ރ. އަށް ބައިސްކޯފަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު