އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަކީ މިފަދަ ޢިބާރާތްތަކުން ﷲ އަށް ދަންނަވާ މީހަކު ކަމުގައިވެއްޖެނަމަ ނުފުދޭނެ އެއްވެސް ބޭނުމެއް ނުއޮންނާނެ!: ޢުމަރު ސުލައިމާން

ތިބާއަކީ މިފަދަ ޢިބާރާތްތަކުން ﷲ އަށް ދަންނަވާ މީހަކު ކަމުގައިވެއްޖެނަމަ ނުފުދޭނެ އެއްވެސް ބޭނުމެއް ނުއޮންނާނެ!: ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

"ތަރިތައް އަރައި ފިޔަޖަހަން ފަށައިފިއެވެ. މީސްތަކުންގެ ލޯތައް މެރިއްޖެއެވެ. ރަސްރަސްކަލުންގެގަނޑުވަރު ތަކުގެ ދޮރުތައް ބަންދުކޮށްފިއެވެ. ނަމަވެސް އިނބަ ރަސްކަލާނގެ ހުރިހާ ދޮރުކޮޅުތަކެއް ވަނީ ހުޅުއްވަވައި ލައްވަވައިފައެވެ. ހުރިހާ ލޯބިވެރިން ވަނީ އެމީހުންގެ ބައިވެރިންނާއިއެކުގައެވެ. މިއަޅާ މިތަނުގައި މިހުރީ އިނބަ ﷲ އަށްޓަކައެވެ." 

މިއީ ވަރަށް ހެޔޮ ލަފާ އަންހެނަކު އޭނާގެ ގޭގެ ރޫފްޓޮޕުގައި ހުރެ ރޭގަނޑު ދަންވަރު ﷲ ތަޢާލާއަށް ދެންނެވި އިބާރާތްތަކެކެވެ. މިއީ ހަމަ އޭނާގެ އަމިއްލަ އިބާރާތްތަކެކެވެ. އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ މަތިވެރިކަން ބަޔާންކުރަން ބޭނުންކުރި ޢިބާރާތްތަކެކެވެ. މިފަދަ ޢިބާރާތްތަކުން ﷲ ތަޢާލާއަށް ދަންނަވާ މީހަކަށް ނުފުދޭނެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ ރޭގަނޑު ދަންވަރު އަރާމު ނިދި ދޫކޮށްލައި ތެދުވެ ﷲ ތައާލާއަށް މިފަދަ އިބާރާތްތަކުން ދެންނެވޭނީ ފުރިހަމަ ތަޤްވާވެރިންނަށްކަމުގައިވާތީއެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ވަރަށް ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވާ މީހަކަށް ކަމުގައިވާތީއެވެ.  

ރީތިހައި ލަވަ ހަދައިގެން ކިޔަންވީ މީސްމީހުންނަކަށް ނޫނެވެ. ރިވެތި އިބާރާތްތައް އެއްކޮށްގެން ދަންނަވަންވީ ﷲ ތަޢާލާ އަށެވެ. އެކަން ކުރަން ރަސޫލް (ޞޢވ) ވަނީ ބަޔާންކުރައްވަވައިފައެވެ. އެކަން ހަނދާން ނެތިގެން މިއުޅެނީ އަހަރެމެންނަށެވެ! 

ރޭގަނޑުގެ ނިންޖާއި ލޯބިވެރިޔާ (އަނބިމީހާ/ ފިރިމީހާ) އާއި އަރާމުތަންމަތި ދޫކޮށްލައި ﷲ ތަޢާލާއަށް އަޅުކަންކުރަން ޔެދުވެއްޖެ މީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން މަލާއިކަތުންނަށް ބަސްފުޅު ވަހީ ކުރައްވަވާކަން ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން ސާބިތެވެ. 

ރޭގަނޑުގެ ބައިން ފަހު ބައިގައި ﷲ ތަޢާލާ 3 ވަނައުޑަސް ފައިބައިވަޑައިގެން "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދެނީ ކޮންބައެއްތޯ؟" ސުވާލުކުރައްވަވާކަން އަހަރެމެން އެންމެންނަށްވެސް އެބައެނގެއެވެ. ވީއިރު އެދޭ ކަންކަމުގެ ވާހައިން އެދި ދަންނަވަން އެއަށްވުރެ މަތިވެރި ވަގުތަކީ ކޮބައިހެއްޔެވެ؟ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތު ބޭނުންކޮށް ތިބެ އެދޭ ކަންކަން ޙާޞިލު ނުވެގެން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ 

ކަން މިހެން އޮތް ނަމަވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ދެ ދިހަ ނިމިގެންދާއިރު އެކަން ކުރެވުނީ އަހަރެމެންގެ ތެރެއިން އެކަން ކުރެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވީއިރު ރަމަމާން މަހުގެ ބަރަކާތް ޙާޞިލުކުރަން އަހަރެމެންނަށް މިކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދާދި އަވަހަށް ފަހު ދިހަ ވެސް ވަކިވެގެން ހިނގައިދާނެއެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! މަރު އައިސް ބައްދަލުކުރާނީ ކޮން ވަގުތަކު ކަމެއް ނުއެނގޭނެއެވެ. މަރުވުމުން ދެން އިތުރަށް ދެންނެވޭނެ ހަމަ އެއްވެސް ކަމެއް ނެތްކަން އެއީ ވެސް އެންމެންނަށް އެނގޭ ކަމެކެވެ. 

ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް