އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅިވަރަށް މީހުން އެއްކުރުމުގެ ބަދަލުގަ "މިދަނީ ނަމާދަށް! އަވަހަށް އާދޭ!" ބުނެ ކެންޕޭނު ފަށަން ޖެހިފަ!

ކުޅިވަރަށް މީހުން އެއްކުރުމުގެ ބަދަލުގަ "މިދަނީ ނަމާދަށް! އަވަހަށް އާދޭ!" ބުނެ ކެންޕޭނު ފަށަން ޖެހިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ގިނަ ބައެއްގެ އެންމެ ގާތް މިތުރަކީ ސޯޝަލް މީޑިއާއެވެ. ސޯޝަލް މީޑިއާ ބަލައިލިމުން މި ރަމަޟާން މަހުގައިވެސް ފެންނަނީ "މިހިރީ މިވެނިތަނެއްގައި ކުޅެން، މިހިރީ މިވެނިތަނެއްގައި ކުޅިބަލަން. ވަރަށް ފޯރި ގަދަ. ނަގާ ރާޅުތައް ވަރަށް ބިޔަ!" ކަމަށް ބުނެ އެމީހެއްގެ އުކުވެރިންނާއި އެމީހަކަށް ތާއީދުކުރާ މީހުން އެތަނަކަށް އެއްކުރަން ކުރެވިފައި ހުންނަ މަސައްކަތްތަކެވެ. ހަމަ ގައިމުވެސް އެއިން ކަމެއް ކޮށްގެން ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.  

ނަމަވެސް "މިދަނީ މިވެނި މިސްކިތަކަށް ނަމާދަށް! އަވަހަށް އާދޭ! މިރޭ ތަރާވީހަށް ދާނީ މިވެނި މިސްކިތަކަށް، މިރޭ ދަމު ނަމާދަށް ދާނީ މިވެނި މިސްކިތަކަށް. ބައްދަލުކުރަންވާނެ!" ބުނެ މެސެޖުކޮށްފިނަމައޭނާގެ އެކުވެރިންގެ މެދުގައިވެސް އެކަންކަންކަން ކުރުމަށް އެޅޭ އިތުރު ބާރަކަށް ވާނެއެވެ. އެކުވެރިޔާގެ ކިބައިން ހިތްވަރު ލިބި އެކުވެރިން ހީވާގިވާނެއެވެ.  

ބައެއް މީހުން ދެކޭ ގޮތުގައި މިފަދަ ރަމަޟާން މަހުގައި ވެސް އަޅުކަމާއި ދުރުހެލިވާ ކަންކަން ކުރާކަން އިޝްތިހާރުކޮށް އެކަންކަމަށް މީހުން ޝައުޤުވެރިވުމަކީ އިބިލީހާއި ބައިބައިވެރިވުމެއް ނޫނެވެ. ނަމަވެސް މިދަނީ ނަމާދަށް ކަމަށް ބުނެފި ނަމަ އެއީ ދެއްކުންތެރިއެކެވެ. ނަމާދަށް ހިނގާށޭ ބުނެފިނަމަ އެއީ ހައްދުފަހަނައަޅާފައިހުރި މީހެކެވެ.  

މިފަދަ ކަންކަމާއި ގުޅިގެން ޝައިޚް އަޙްމަދު ފަހްމީ ދީދީ ވިދާޅުވެފައިވަނީ މިއީ އިސްލާމް ދީން މަތިވެރިކުރުމަށް ހުރިހާ މުސްލިމުން ޖިހާދުކުރުމުގެ ވަގުތު ކަމަށެވެ. އެމީހަކަށް ދެވެން އޮތް ގޮތަކުން އިސްލާމް ދީނަށް ނަޞްރުދީ އިސްލާމް ދީން ނަގަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. 

މިކަމާއި ގުޅިގެން ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ނަމާދުކުރުން ފަދަ ކަންކަމަށް މީހުން ޝައުޤުވެރި ކުރުމުގެ މަތިވެރި ނިޔަތުގައި ތިމާ ނަމާދަށް މިދަނީ މިވެނި މިސްކިތަކަށް ކަމަށް ބުނެ އެ މިސްކިތަށް އައުމަށް އޭނާގެ ގާތް މީހުންނަށް ހިތްވަރު ދިނުމަކީ ދެއްކުންތެރި ކަމުގެ އަމަލަކަށް ނުވާނެ ކަމަށެވެ. "އެމީހެއްގެ ސޯޝަލް މީޑިއާ ގްރޫޕުތަކުގަވެސް ލިޔަންވީ. ޓްވީޓްވެސް ކުރަންވީ. މި ގޮތަށް ވިސްނަވާ! ނަމާދާ ދުރުކުރަން ކުރާ މަސައްކަތްތައް އިންތިހާއަށް އެބަ އިތުރުކުރޭ! އެނގިތިބެ އާ ނުއެނގި ތިބެ އެމަޅީގަ މީސްތަކުން އެބަ ޖެހޭ. ވީމާ ނަމާދަށް މީހުން ގެންދަން ބާރުއަޅައި ކުރާ މަސައްކަތް ހަމަ އެ ބާރުމިނުގައި ނުކޮށް ކިހިނެއްތޯ އަޅުގަނޑުމެންނަށް ސަލާމަތްވެވެން އޮތީ! ވީމާ އެގޮތުން ކުރާ އެއްވެސް ކަމަކީ ދެއްކުންތެރިކަމެއް ނޫން. އެއީ އިސްލާމް ދީނަށް ނަޞްރުދޭން ކުރެވޭ މަސައްކަތް."  ޝައިޚް ވިދާޅުވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް