އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުރު އީދުގެ މުނާސަބަތުގަ ދިރާގުން މާލެ އާ އަތޮޅުތަކުގަ ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފި

ފިތުރު އީދުގެ މުނާސަބަތުގަ ދިރާގުން މާލެ އާ އަތޮޅުތަކުގަ ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މާލެ އާއި އަތޮޅުތަކު ތެރޭގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފިއެވެ.  

ދިރާގުން ބުނީ ކޮންމެ އަހަރަކު އީދާ ގުޅިގެން ކުޑަކުދިންނަށް ހަދިޔާ ދިނުމުގެ ބޭނުމަކީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް މުވުން ކުޑަކުދިންގެ މެދުގައި މިފަދަ ސަގާފަތްތަށް ދިރުވުމަކީ މުހިންމު ކަމެއްކަމުގައި ވުމުންނާއި އަދި ހަމައެއާއެކު، އީދުގައި ހަދިޔާ ލިބުމަކީ ކުޑަ ކުދިން އެކަމަކަށް ވަރަށް އިންތިޒާރުކުރާ ކަމަކަށްވާތީ ކަމަށެވެ. 

އަތޮޅުތަކު ތެރޭގައިވެސް ދިރާގުން ވަނީ ކުޑަކުދިންނަށް ހަދިޔާ ބަހާފައިއެވެ. އެގޮތުން އަތޮޅު ތެރެއިން އީދު ހަދިޔާ ބެހުމުގެ ހަރަކާތް ދިރާގުން ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގައެވެ. އެގޮތުން އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒިފުން އީދު ނަމާދުގެ ފަހު، ކުޑަ ކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް އީދު ހަދިޔާ ބެހި އެވެ.

ކޮންމެ އަހަރަކު ދިރާގުން ކުރިއަށްގެންދާ މި ހަރަކާތަކީ ދިރާގުގެ ވަރަށް ބައިވަރު މުވައްޒަފުންގެ އެއްބާރުލިމާ އެކު ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އެހެން އަހަރުތެކެކޭ އެއްފަދައިން މިއަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ހަދިޔާ ދިނުމުގައި ބައިވެރިވުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް