އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިފާ ވިމެންސް ވަރލްޑް ކަޕް: ގްވިންގެ ހަމައެކަނި ގޯލުން ޗައިނާގެ މައްޗަށް ޖަރުމަނަށް ހަނިމޮޅެއް!

ފިފާ ވިމެންސް ވަރލްޑް ކަޕް: ގްވިންގެ ހަމައެކަނި ގޯލުން ޗައިނާގެ މައްޗަށް ޖަރުމަނަށް ހަނިމޮޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ފްރާންސްގެ ޕެރިހުގައި މިހާރުކުރިއަށްދާ ފިފާ ވިމެންސް ވަރލްޑް ކަޕް 2019ގައި މިއަދު ހަވީރު ކުޅުނު މެޗު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. 

މެޗު ފެށިގެން ޖަރުމަނުން ވަނީ ޗައިނާގެ ގޯލަށް ހަމަލާ އުފައްދަން ފަށާފައެވެ. ނަމަވެސް ގޯލެއް ޖެހޭގޮތް ނުވެގެން އުޅެނިކޮށް، ދޭތެރެދޭތެރެއިން ޗައިނާއިން ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ.

ޚާއްޞަކޮށް ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގައި ޗައިނާއި ން ޖަރުމަނުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެެ. އެކަމަކު ފުރަތަމަ ހާފު ނިންމާލަންޖެހުނީ ލަނޑުބޯޑުން ސުމެއް ކަނޑުވާނުލެވިއެވެ.

ސްޓޭޑި ޑި ލަ ރައުޓެ ޑި ލޮރިއެންޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 66 މިނެޓުގައި ޖަހައިދިނީ ޖަރުމަންގެ ޒުވާން ކުޅުންތެރިޔާ ގްވިންއެވެ.

ދެވަނަ ހާފުގައިވެސް ޗައިނާއިން ވަނީ ގިނަ ހަމަލާތަކެއް ޖަރުމަނުގެ ގޯލަށް ފޮނުވިއެވެ. ނަމަވެސް ނަސީބު އަތުގައި ހިފާގޮތެއް ނުވިއެވެ.

މި މުބާރާތުގައި މިރޭ 21:00ގައި ބައްދަލުކުރާނީ ސްޕެއިން އާއި ސައުތު އެފްރިކާއެވެ. ގްރޫޕް ބީގެ މި މެޗު ކުޅޭނީ ސްޓޭޑި އޯޝެނިއާ ސްޓޭޑިއަމްގައެވެ. 

މީގެއިތުރުން ގްރޫޕް އޭގެ މެޗެއްވެސް މިރޭ ކުޅޭނެއެވެ. ރާއްޖޭގަޑިން 00:00ގައި ސްޓޭޑި އޮގަސްޓޭ ޑެލައުން 2 ސްޓޭޑިއަމްގައި ބައްދަލުކުރާނީ ނޯވޭ އާއި ނައިޖީރިއާ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް