އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާއިން ތައިލެންޑުކޮޅަށް ލަނޑު ގޯންޏެއް ޖެހި އިރު، ކެނެޑާ، ސްވިޑްން އަދި ނެދަރލެންޑުވެސް މޮޅުވެއްޖެ

އެމެރިކާއިން ތައިލެންޑުކޮޅަށް ލަނޑު ގޯންޏެއް ޖެހި އިރު، ކެނެޑާ، ސްވިޑްން އަދި ނެދަރލެންޑުވެސް މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ފިފާ ވިމެންސް ވަރލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުގައި އެމެރިކާއިން ތައިލެންޑުކޮޅަށް ލަނޑު ގޯންޏެއް ޖެހި އިރު، ކެނެޑާ، ސްވިޑްން އަދި ނެދަރލެންޑުވެސް މޮޅުވެއްޖެއެވެ.

ކެނެޑާ އާއި ކެމަރޫން ބައްދަލުކުރި މެޗު 0-1 ލަނޑުން ކެނެޑާ ކާމިޔާބުކުރި އިރު، މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 45 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ކަޑެއިޝާ ބުޗަނަންއެވެ.

ދެވަނަ މެޗުގައި ނިއުޒީލެންޑުގެ މައްޗަށް ކުރިހޯދާ ނެދަރލެންޑުން ކާމިޔާބުކުރީވެސް 0-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ނެދަރލެންޑުން ލަނޑުޖެހީ ފުރިހަމަވަގުތުގެ އެންމެފަހު މިނެޓުގައި ޖިލް ރޯޑްއެވެ.

ސްވިޑްން އާއި ޗިލީ ބައްދަލުކުރި މެޗަކީވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗެކެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާ އިރު، ސްވިޑްންގެ ފުރަތަމަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ކޮސަވަރ އަސިލާނީއެވެ. އަދި ދެވަނަ ލަނޑު މެޑަލިން ޖަނޯގީ ޖެހީ ފަހު ހާފުގެ އިތުރުވަގުތުގެވެސް އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ.

ރޭ އެންމެ ފަހުން ކުޅުނީ އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އާއި ތައިލެންޑެވެ. މި މެޗު ފަސޭހަކާއެކު އެމެރިކާ ކާމިޔާބުކުރި އިރު، އެޓީމުން ވަނީ 13 ލަނޑު ތައިލެންޑުކޮޅަށް ޖަހާފައެވެ.

އެމެރިކާގެ ލަނޑުތައް ޖަހައިދިނީ އެލެކްސް މޯގަން 5 ލަނޑު، ރޯޒް ލަވެލޭއާއި ސަމް މެރިސް ކޮންމެ ކުޅުންތެރިއަކު 2 ލަނޑު އަދި ލިންޑްސޭ ހޮރަންއާއި މެގަން ރަޕިންސްއާއި މަލޯރީ އަދި ކަރލީ ލިއޯޑް ކޮންމެ ކުޅުންތެރިއަކު އެއްލަނޑެވެ.

މިއީ އަންހެނުންގ ވަރލްޑް ކަޕް މުބާރާތެއްގައި އެއްމެޗެއްގައި މިހާތަނަށް ޖެހި އެމްމެގިނަ ލަނޑެެވެ. 

މި މުބާރާތުގައި މިރޭ 3 މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން 18:00ގައި ނައިޖީރިއާ އާއި ސައުތުކޮރެއާ ވާދަކުރާ އިރު، 21:00ގައި ވާދަކުރާނީ ޖަރުމަނާއި ސްޕެއިންއެވެ. އަދި މެންދަމު 12 ޖަހާއިރު ވާދަކުރާނީ ފްރާންސާއި ނޯވޭއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް